ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ ހަރުމުދަލާއި ފައިސާ ދޭން ނިންމި

ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގު ކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެ ކަމަށް އަންދާޒާ ކުރެވެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީން ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގު ކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން ނިންމާފައިވާނެ ކަމަށް އަންދާޒާ ކުރެވެ ކަމަށް ވެސް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ ކޮމެޓީ އުވާލައްވާފަ އެވެ. ރައީސް އޮފީހުން ބުނީ ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނޮވެމްބަރު 17، 2023 ގެ ކުރީން ނިންމައިފައި ކަމަށެވެ.އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގު ކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެ ކަމަށް އަންދާޒާ ކުރެވެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ބުނީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމު ގައި އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ނޮވެމްބަރު 28 ން ފެށިގެން އަމަލުކުރަމުން ގެންދަނީ ގާނޫނީ އޮނިގަނޑެއް ނެތި އަދި ގާނޫނީ ބާރެއް ނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދެއްވައިފައިވާ ކަމަށެވެ.ނޮވެމްބަރު 28 ން ފެށިގެން އަމަލު ކުރަމުން ގެންދިޔަ މި އުސޫލާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ލަފާ ގައި މިއީ ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއް ނެތި އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި މި އުސޫލުގެ ދަށުން މައްސަލަތައް ހައްލު ކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި އަދި އެއްވެސް ލަފައެއް ވެސް ނެތި ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ހިލާފަށް ކަން ވެސަ ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން ޝަރުއީ މަރުހަލާ ގައި މައްސަލަ ކުރިއަށް ދަނިކޮށް ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި ކޯޓުން ބޭރުގައި މި އުސޫލުގެ ދަށުން ހައްލުކޮށްފައިވާ ފަސް މައްސަލަ އެއް ފާހަގަ ކުރައްވައި މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައި ވަނީ ބަންޑާރަ ނާއިބުގެ ފަރާތުން ޝަރުއީ މަރުހަލާ ގައި ފާހަގަ ކުރައްވަމުން ގެންދެވި ނުކުތާ ތަކަށް ވެސް ރިއާޔަތް ކުރެއްވުމަކާ ނުލައި އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރު ޖެނެރަލް ދެއްވާފައިވާ ރައުޔާ ވެސް ހިލާފަށް ކަމަށް ވެސް ވަނީ ފާހަގަ ކުރަައްވާފައެވެ.އަދި މި އުސޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި ތަޢައްސުފީކޮށް އަމަލުކުރުމަށް މަގުފަހިވާ އުސޫލެއް ކަމަށާ މި އުސޫލު ގާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ހިލާފު ކަމަށް ވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައިވާ ކަމަަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ