އަންހެނުންގެ ޞިއްޙަތަކީ ހަމައެކަނި އަމިއްލަ ކަމެއް ނޫން ކަމަށާއި، އެއީ ވަރުގަދަ އާއިލާއެއްގެ މައިގަނޑު ބިންގާ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި "ހިޔަލަ 2025" ސާޖިކަލް ވޯރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ އަންހެނުންގެ ޞިއްޙަތަކީ ހަމައެކަނި އަމިއްލަ ކަމެއް ނޫން ކަމަށާއި، އެއީ ވަރުގަދަ ޢާއިލާތަކާއި، ކުރިއަރަމުންދާ މުޖުތަމަޢުތަކާއި، ވަރުގަދަ ޤައުމެއްގެ މައިގަނޑު ބިންގާ ކަމަށެވެ.
މަސައްކަތު ބައްދަލުވުމުގައި، މުހިންމު ދާއިރާއެއްގައި ޞިއްޙީ ތަޖުރިބާކާރުން އުފެއްދުމަށް އަމާޒުކުރެވުނު ކަމަށާއި، މި މަސައްކަތު ބައްދަލުވުމުގައި ހިއްސާކުރެވުނު މަޢުލޫމާތުތަކުން، އަންހެނުންނަށް އިތުރަށް ރައްކާތެރި އަދި ފައިދާކުރަނިވި ފަރުވާތައް ލިބޭނެ މުސްތަޤުބަލަކަށް މަގުފަހިވެގެންދާނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ. އެއާއެކު އަންހެނުންގެ މުޅި ދިރިއުޅުމުގެ ދުޅަހެޔޮކަމާއި ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންނަކީ ހަމައެކަނި ބަލިމީހުންގެ ޖިސްމާނީ ބަލިތަކަށް ފަރުވާދިނުމަށް އިތުބާރުކުރެވިފައިވާ ބައެއް ނޫން ކަމަށާއި، އެމީހުންގެ ނަފްސާނީ އަދި ޖަޒްބާތީ ބޭނުންތައްވެސް ދެނެގަނެ އެކަންކަމަށް އަޅާލަންޖެހޭނެ ކަމަށްވެސް ސާޖިދާ ވިދާޅުވި އެވެ. އަދި އަންހެނުންގެ ޞިއްޙަތު ބާރުވެރިކުރުވުމުގެ މާނައަކީ އެމީހުންގެ ތަޖުރިބާތަކާއި ގޮންޖެހުންތަކަށް އިޙްތިރާމްކޮށް ޤަދަރުކުރާ ޖުމްލަ ފަރުވާއެއް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
ހިޔަލަ 2025 ސާޖިކަލް ވޯކްޝޮޕްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް ޕްރޮފެޝަނަލުން ބައިވެރިވެފައިވެ އެވެ.
އަންހެނުންގެ ސިއްހަތަކީ ވަރުގަދަ އާއިލާއެއްގެ ބިންގާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ