ޚުޠުބާ: ޢުޒުރެއް ދިމާވެގެން އަޅުކަމެއް ދޫވިނަމަވެސް ދެރަނުވާށެވެ! ކުރިން ކުރަމުން އައިފަދައިން ޘަވާބު ދެއްވަވާނެ!

ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް އަޅުކަމެއް ދޫވެއްޖެނަމަ އެ ކަމާ ދެރަނުވާށެވެ! ވީހައި އަވަހަކަށް އެ އަޅުކަމެއް ކުރާށެވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. --- މާނައީ: "ޞިއްޙަތު ސަލާމަތުންވާ ޙާލު ރަށުގައި ޤާއިމުވެ ހުރެ، ﷲގެ އަޅަކު ކުރަމުން ދިޔަ ހެޔޮ ޢަމަލުތަކަށް އެކަލާނގެ ދެއްވާ ސަވާބާއި ދަރުމަ، ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ މަތީގައި ވުމުގެ ސަބަބުން ނުކުރެވުނުކަމުގައިވީ ނަމަވެސް، މާތް ﷲ އެ މީހަކަށް ދެއްވާހުއްޓެވެ." 
މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރުމަށް އަމުރުކުރައްވައިފައިވާ އަޅުކަމެއް ވެއެވެ. އެއީ ފިޠުރު ޒަކާތެވެ. ފިޠުރު ޒަކާތަކީ ރޯދަ މަހު ރޯދަހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެކެވެ. اِبْنُ عَبَّاس رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (فَرَضَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِيْنِ( [1] މާނައީ: "ރޯދައަށް ހުރެ ދެއްކޭ ބާޠިލު ވާހަކަތަކާއި ކުރެވޭ ނުރަނގަޅު ކަންކަމުން، ރޯދަވެރިންނަށް ޠާހިރުކަމެއްގެ ގޮތުގައްޔާއި، މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޠުރު ޒަކާތް ފަރުޟުކުރެއްވިއެވެ." އެހެންކަމުން ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން ފިޠުރު ޒަކާތް ނެރުމަށް އަވަސްވެގަންނާށެވެ! ޢީދުވިލޭރެއާ ޢީދު ދުވަހު ކެއިންބުއިމަށް ފުދި އިތުރުވާ ކޮންމެ މީހެއްގެ މަތީން މި ޒަކާތް ނެރުން ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ނެރޭނީ ޢީދު ނަމާދުކުރުމުގެ ކުރީންނެވެ. ވީމާ، މިކަމަށް ސަމާލުކަން ދީ ފިޠުރު ޒަކާތް ނެރުމަށް އަވަސްވެގަންނާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ