193 ގުރާމުގެ މަސްތުވާތަކެއްޗާ އެކު ދެ މީހުން ހައްޔަރުކޮށްފި

މާލޭގެ ގެއެއްގެ ތެރެއިން 193 ގުރާމުގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގުރައިދޫ، މަންޒިލް، އަޙްމަދު ސަމާޙް (38އ)އާއި މ. ޑޭޒީ، މުޙައްމަދު ޖުމައިލް (35އ)އެވެ. ފުލުހުން ބުނީ، ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 193.3 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ސަމާޙު ޝަރީއަތް ނިމެންދެން ބަންދުކުރުމަށާއި ޖުމައިލް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. https://sun.mv/207576 ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 10ވަނަ ދުވަހުގެރޭ ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި 18 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވެއެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ. މިތަކެތި ވެސް އަތުލައިގެންފައިވަނީ ރާއްޖެ އެތެރެކުރުމުގެ ތެރޭގައެވެ. އެ ތަކެތީގެ އަގު 26 މިލިއަން ރުފިޔާއަށް އަރާ ކަމަށް ހޯލްމޭންޑު މިނިސްޓަރު އަލީ އިހުސާން އެރޭ ކުރެއްި ޕޯސްޓުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ