ސްޓޭޖުގައި ނަށަމުންދަނިކޮށް، ކުއްލިއަކަށް ވެއްޓި މަރުވެއްޖެ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އަވަށްޓެރި އިންޑިއާގައި ކައިވެނި ހަފްލާއެއްގައި ނަށަމުން ދިޔަ އަންހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި، އުމުރުން 23 އަހަރުގެ ޕަރިނީތާ ޖެއިން މަރުވީ އޭނާއާ ގާތްތިމާގެ މީހެއްގެ ދައްތައެއްގެ ކައިވެނީގެ މުނާސަބަތުގައި، ސްޓޭޖެއްގައި ނަށަމުން ދަނިކޮށެވެ. އޭނާ ނަށަން ހުއްޓައި ކުއްލިއަކަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ވަނީ ވައިރަލް ވެފައެވެ. މިކަން ހިނގީ މަދްޔަ ޕްރަދޭޝްގެ ވިދިޝާ ޑިސްޓްރިކްޓްގެ ރިސޯޓެއްގައެވެ. މަރުވި ޕަރިނީތާ ނިސްބަތް ވަނީ އިންދޯރްއަށެވެ.
200 އެއްހައި މީހުން ބައިވެރިވި، އެ ކައިވެނީގެ ”ހަލްދީ ފަންކްޝަން“ގެ ތެރެއިން، ޕަރިނީތާ ސްޓޭޖް މައްޗަށް ވެއްޓުމާއެކު، އެތަނުގައި ތިބި އޭނާގެ އާއިލާ އަށް ނިސްބަތްވާ ޑޮކްޓަރުން އޭނާ އަށް ސީޕީއާރް ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޕަރިނީތާ ”ރެސްޕޮންޑް“ ކޮށްފައެއް ނުވެއެވެ.
އެއަށްފަހު، ލަސްނުކޮށް އޭނާ އެތަނުގެ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދިޔުމުން، ހޮސްޕިޓަލުން ވަނީ، ޕަރިނީތާގެ ހިތް ހުއްޓި، މަރުވެފައިވާކަން އަންގައިފައެވެ.
ޕަރިނީތާގެ ފިރިހެން ކޮއްކޮއެއް ވެސް، އުމުރުން 12 އަހަރުގައި ހިތް ހުއްޓިގެން މަރުވެފައިވެއެވެ.
މަދްޔަ ޕްރަދޭޝްގައި މީގެ ކުރިން ވެސް، ލަވަކިޔުމާއި ނެށުން ފަދަ ކަންކަމުގެ ތެރެއިން މީހުން ކުއްލި ގޮތަކަށް މަރުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ