ތާލިބާން ސަރުކާރުގެ ސަފީރަކު ބަލައިގަންނަން ރަޝިއާއިން އެއްބަސްވެއްޖެ

ކާބުލް (2 ޖޫން 2025): އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުގެ ސަފީރަކު ބަލައިގަތުމަށް ރަޝިއާ އެއްބަސްވެއްޖެ ކަމަށާއި މިއާއެކު ރަޝިއާއަށް ސަފީރަކު އައްޔަންކުރުމުގެ ކަންތައް ކުރިއަށް ގެންދާކަން އަފްޣާން ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. އަފްޣާން ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ، ރަޝިއާ ގެންދަނީ ތާލިބާން ސަރުކާރާ އެކު ގާތްގުޅުންތަކެއް ބާއްވަމުން ކަމަށާއި މި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރަޝިއާގައި ގާއިމުވެ ހުންނަވާ އަފްޣާން ސަރުކާރުގެ (ރެސިޑެންސް) ސަފީރަކު ބަލައިގަތުމަށް ނިންމިކަން ރަޝިއާގެ ޚާރިޖީ ވުޒާރާއިން އަންގާފައިވާ ކަމުގައެވެ. މިދިޔަ އެޕްރީލް މަހު ރަޝިއާއިންވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ރަޝިއާ ކަނޑައަޅާފައިވާ ޖަމާއަތްތަކުގެ ލިސްޓުން ތާލިބާން ޖަމާއަތުގެ ނަން އުނިކޮށްފައެވެ. މިއީ ތާލިބާން ސަރުކާރާ އެކު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރަން މަގުފަހިކުރުމުގެ ގޮތުން ރަޝިއާ އެޅި ފިޔަވަޅެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު އިސްކޮށް ހުންނަވައިގެން މިދިޔަ ހަފްތާގައި އަފްޣާނިސްތާނާއި ޕާކިސްތާން ސުލްހަ ކުރުވަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު ރަޝިއާއިން ވަނީ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރާ އެކު ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފައެވެ. މީގެ ތެރޭގައި އަފްޣާން ހަކަތައިގެ ދާއިރާގައާއި ދަނޑުވެރިކަމުގެ ދާއިރާގައި ރަޝިއާގެ ކުންފުނިތަކުން އިސްވެސްޓް ކުރުމާބެހޭ އެއްބަސްވުންތައް ހިމެނެއެވެ. ކުރިން 2021 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާ އެކު އެމެރިކާގެ އަޅުވެތިކަމާއި އަނިޔާވެރިކަމާއި އަދި އިސްތިއުމާރުން އަފްޣާނިސްތާން މިނިވަންވެ، އެ ގައުމަށްވަނީ އަމިއްލަވަންތަކަމާއި ފުރިހަމަ ސިޔާދަތު ލިބިފައެވެ. އޭގެ ކުރިން އަފްޣާނިސްތާނުގައި ވެރިކަންކުރީ އެމެރިކާގެ ކޮންޓްރޯލް އޮންނަ ގޮނޑިކޮއްކަ ސަރުކާރަކުންނެވެ. އަދި، އެމެރިކާ ގެންދިޔައީ އަފްޣާން ރައްޔިތުންނާ ދެކޮޅަށް މީހުން މެރުމާއި ޓެރަރިޒަމްގެ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. ވިހި އަހަރުވަންދެން ހަނގުރާމަ ކޮށްގެން ވެސް އަސްކަރީ ގޮތުން ތާލިބާން ބަލިކުރުމުގައި އެމެރިކާ މުޅިން ނާކާމިޔާބުވުމާ ގުޅިގެން 2021 ވަނަ އަހަރު އެމެރިކާއިންވަނީ ވަރަށް ނިކަމެތި ގޮތަކަށް އަފްޣާނިސްތާނުން ފައިބާފައެވެ. އެމެރިކާ އަފްޣާނިސްތާނުން ފައިބަން ތައްޔާރުވަމުން ދަނިކޮށް އެ ގައުމުގައި އޮތް އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުވަނީ ވެއްޓި ރޫޅިގެން ގޮސްފައެވެ. ތާލިބާނުންގެ ޚާރިޖީ ވަޒީރު އީރާންގެ ޚާރިޖީ ވަޒީރު އާ ތެހެރާންގައި މިދިޔަ މަހު ބައްދަލުކުރައްވަނީ އެއަށް ފަހު އަފްޣާނިސްތާނުގައި އަނެއްކާ ވެސް އުފެދުނީ ތާލިބާނުންގެ ސަރުކާރެކެވެ. ތާލިބާނުންގެ ސަރުކާރަށް ދުނިޔޭގެ އެއްވެސް ގައުމަކުން ރަސްމީ ސިފައެއްގައި އަދި އިއުތިރާފުނުވި ނަމަވެސް ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކުރިން ސިފަކުރި އިންޑިއާ ފަދަ ގައުމުތައް ވެސް މިހާރުވަނީ އެކަން ދޫކޮށް ތާލިބާން ސަރުކާރާ އެކު ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ފަށާފައެވެ. އަދި، ތާލިބާން ސަރުކާރުގެ ރުހުމާއި އެއްބާރުލުން ހޯދުމުގެ މަސައްކަތްވެސް އިންޑިއާއިން ވަނީ ފަށާފައެވެ. ތާލިބާނުންނާ އެއްއިރެއްގައި ވެސް ދުޝްމަންކަން ގެންގުޅެފައިނުވާ ބޮޑު ބާރަކީ ޗައިނާއެވެ. ޗައިނާއިން ވަނީ ތާލިބާނުންނާ ޑިޕްލޮމެޓިކް ގޮތުން މުއާމަލާތް ކުރަމުގެ މަސައްކަތް މީގެ ދެ އަހަރު ކުރިން ފަށާފައެވެ. މީގެ ތެރޭގައި ތާލިބާން ސަރުކާރު ތަމުސީލުކުރާ އަފްޣާން ސަފީރަކު ޗައިނާގައި ހުރުމުގެ ފުރުސަތު ދިނުމާއި ޗައިނާގެ ބައެއް މަސްއޫލުވެރިން އަފްޣާނިސްތާނަށް ވަޑައިގެންނެވުމާއި އަފްޣާން މަސްއޫލުވެރިން ޗައިނާއަށް ވަޑައިގަތުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން، ޗައިނާވަނީ އަފްޣާނިސްތާނުގައި ބައެއް ދާއިރާތަކުގައި އިންވެސްޓް ކުރަން ވެސް ފަށާފައެވެ. މީގެ ތެރޭގައި ނާދިރު މައުދަންތަކުގެ ދާއިރާއާއި ޓްރާންސްޕޯޓްގެ ދާއިރާ އަދި ބައެއް ސިނާއީ ދާއިރާތައް ހިމެނެއެވެ. އިންޑިއާގެ އިސް މަސްއޫލުވެރިއަކު ދާދިފަހުން ތާލިބާންގެ ޚާރިޖީ ވަޒީރު އާ ކާބުލްގައި ބައްދަލުކުރައްވަނީ ތާލިބާނުންވަނީ އަފްޣާނިސްތާނުގައި ދިގުދެމިގެންދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނަސް އަފްޣާން ރައްޔިތުންނަށް ހަމަޖެހުމާއި ސުލްހައާއި އަމާންކަން ގެނައުމުގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ. ނަތީޖާއެއްގެ ގޮތުން އަފްޣާނިސްތާނުގެ އާންމު ހާލަތު ވަރަށް ބޮޑަށް ރަނގަނޅުވެ، އިގުތިސާދަށް އާރޯކަން އަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރެފިއުޖީން އަނބުރައި އަފްޣާނިސްތާނަށް ފޮނުވާލުމުގެ މައްސަލައާ ގުޅިގެން ތާލިބާން ސަރުކާރާއި އަވައްޓެރި ޕާކިސްތާނާ ދެމެދު ގޯސްވެފައިވާ ގުޅުންތައް ވެސް ޗައިނާ މެދުވެރިއަކަށް ވެގެން މިހާރުވަނީ ރަނގަނޅުކޮށްފައެވެ. ޕާކިސްތާނުން ވެސް ވަނީ ތާލިބާން ސަރުކާރުގެ ސަފީރަކު ކަނޑައެޅުމުގެ ފުރުސަތު މިދިޔަ ހަފުތާގައި ތާލިބާން ސަރުކާރަށް ދީފައެވެ. ރިޕޯޓްތައް ބުނާގޮތުން ތާލިބާން ސަރުކާރުގެ ރުހުމާއި އިތުބާރު ހޯދުމުގައި އަފްޣާނިސްތާނުގެ އަވައްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ، ޕާކިސްތާން، އީރާން ރަޝިއާއާއި އަދި ޗައިނާ މިހާރު ގެންދަނީ ވާދަޖަހަމުންނެވެ. އެއީ، މިފަސް ގައުމަށް ވެސް އަފްޣާނިސްތާނުގެ ބޭނުން ބޮޑުކަމުންނެވެ. ދާދި ފަހުން ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރުވަނީ އީރާނަށް ވަޑައިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަފްޣާނިސްތާނުން ފައިދާ ހޯދުމުގައި އެންމެ ފަހަތުގައި އުޅެނީ އެމެރިކާއެވެ. އެމެރިކާއިންވަނީ ތާލިބާންގެ އަތްދަށުން ލިބުނު އަސްކަރީ ނާކާމިޔާބީތަކާ އެކު ވެސް މައިތިރިވުމުގެ ބަދަލުގައި އަދިވެސް ބޮޑާކަމާއި ހަރުކަށިކަން ކުރިއަށް ނެރެފައެވެ. ތާލިބާން ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އަދި އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކްގައި ހުރި އަފްޣާން ރައްޔިތުންގެ ރިޒާވް ފައިސާކޮޅު (ހަތް ބިލިޔަން ޑޮލަރު ވެސް) އަތްދަށުލާފައެވެ. ނަމަވެސް، އިންޑިއާ، ޕާކިސްތާން، އީރާން ރަޝިއާއާއި އަދި ޗައިނާ ފަދަ ގައުމުތައް ތާލިބާނުންނާ ގުޅުންތައް ބަދަހިކުރަމުން ގެންދާތީ އެމެރިކާވަނީ ވަރަށް ކަންބޮޑުވެފައެވެ. އެއީ، ތާލިބާން އެކަހެރިކުރަން އެމެރިކާ ކުރާ މަސައްކަތްތައް މި ގައުމުތަކުގެ ސަބަބުން ނާކާމިޔާބުވަމުން ދާތީއެވެ. އަދި، އެމެރިކާއަށް އަފްޣާނިސްތާނުގައި ނުނެގޭ އިގުތިސާދީ ބޮޑެތި ފައިދާތައް މިހަތަރު ގައުމުން އަފްޣާނިސްތާނުގައި ނަގަމުން ގެންދާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ