އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ 21 ގައުމު ތެރޭގައި ރާއްޖެ ހިމެނިއްޖެ އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ 21 ގައުމު ތެރޭގައި ރާއްޖެ ހިމެނިއްޖެ

މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ 21 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.
އެމެރިކާގެ ނިއުޔޯކްގައި މިއަދު އޮތް އިންތިހާބުގައި އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު އޭޝިއާ ޕެސިފިކް ގްރޫޕުން ދެން ލިބުނީ ލުބުނާން އާއި ބަންގްލަދޭޝްގެ އިތުރުން ސައުދީއަރަބިއްޔާ އަދި ޓިމޯލެސްޓޭ އަށެވެ.
އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ލިބޭ ގައުމުތަކުގެ ދައުރަކީ އެއްވެސް ސަބަބަކާ ލައިގެން އާންމު ޖަލްސާގެ ރައީސްކަން ކުރައްވާ ބޭފުޅާއަށް ހާޒިރު ނުވެވޭ ހާލަތުގައި ޖަލްސާ ކުރިއަށް ގެންދިޔުމެވެ. އެ ހާލަތުގައި ރައީސްއަށް ލިބިގެންވާ އެންމެހައި ބާރުތައް ނައިބުރައީސްކަން ކުރައްވާ ބޭފުޅަކަށް ވެސް ލިބޭނެ އެވެ.
އދ ގެ ކޮންމެ އާންމު ޖަލްސާއެއްގައި ވެސް ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު 21 ގައުމަކަށް ލިބެ އެވެ. އޭގެތެރޭގައި ހިމެނެނީ:
ފޮރިން މިނިސްޓްރީން ބުނީ އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް މި އަހަރު ލިބުން ވަރަށް ހާއްސަ ކަމަށެވެ. ސަބަބަކީ މި އަހަރަކީ އދ ގެ މެންބަރު ގައުމަކަށް ރާއްޖެ ވީތާ 60 އަހަރު ފުރޭ އަހަރު ކަމަށްވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ