ސައުދީ އަރަބިއްޔާ އިން ރާއްޖެއާ މެދު ބާއްވާ ގާތް ގުޅުމާމެދު ދިވެހިން އުފާކުރަންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިއްޔެ މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ސަޢޫދީ ސަރުކާރުން ދިވެހިންނާ މެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުޚުއްވަތްތެރި ކޮށް އަދި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ ޙައްޖުވެރިންގެ ހުރިހާ ކަމެއް ވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސަޢޫދީ ސަރުކާރުން ކޮށްދީފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހި ޙައްޖުވެރިން މިނާގައި ތިބުންވެސް 'އަޕްގްރޭޑް'ކޮށް ޚިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ދިވެހިންނަށް ޚާއްޞަ ކްލިނިކެއްވެސް ޤާއިމުކޮށްދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިހުރިހާ ކަމަކަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި އެންމެހައި ދިވެހި ޙައްޖާޖީންގެ ފަރާތްޕުޅުން ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ޝުކުރު އަދާކުރައްވާފަ އެވެ.
ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ކުރެއްވި މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކުރި އެވެ.
ސައުދީން ބާއްވާ ގާތް ގުޅުމާމެދު ދިވެހިން އުފާކުރަންވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ