ރިވެތި އާދަތައް މުޖުތަމައުގައި އަށަގެންނުވުމަކީ އިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް: ރައީސް

މުޖްތަމައުގައި އިސްލާމީ ރިވެތި އާދަތައް އަށަގެންނެވުމާއި ދިރުވުމާއި ކުރިއަށް ގެންދިއުމަކީ އިލްމު ލިބިންގެންވާ މީހުންގެ ޒިންމާއެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެކި ދާއިރާތަކުން އިލްމު އުނގެނުމުން ބޮލުގައި އެޅިގެންދަނީ ވަރަށް ބޮޑު ޒިންމާއެއް ކަަމަށެވެ. އަދި ކުރިއަށްއޮތް މަރުހަލާތަކުގައި އިތުރު، މަތީ މަގާމްތަކާއި ހަރުފަތްތަކަށް ދިޔުމުގައި ވެސް ތައުލީމު ހާސިލްކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ފަރުދަކަށް ވީތީ އަމިއްލަ ހައިސިއްޔަތުން ޒިންމާތަކެއް ހުންނާނެކަން ދަންނަން ޖެހޭނެކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން އިލްމު ނުލިބޭ މީހަކާއި އިލްމު ލިބިގެންވާ މީހަކާއި ''ހާސްބައި'' ތަފާތު ވާނޭކަން ދަންނަން ޖެހޭނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ދަސްވެނިވުމުގައި ރައީސް ޑރ. މުުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް "އަޅުގަނޑުމެންގެ ހަޔާތް ހެޔޮގޮތުގައި ބައްޓަންކުރަން ޖެހޭނެ އިލްމުގެ ބޭނުންކޮށްގެން. އަޅުގަނޑުމެންގެ ދަރީންނާއި އަޅުގަނޑުމެންގެ މުޖްތަމައަށް އޭގެ ހެޔޮ ކަންތައްތަކެއް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ މުޖްތަމައު ހެޔޮގޮތުގައި ބައްޓަންކުރުމަކީ ވެސް އެ މީހަކަށް ވީވަރަކުން އިލްމުގެ ބޭނުންކޮށްގެން ޒިންމާއެއް،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބުރަ މަސައްކަތުން ހާސިލްކުރި އިލްމުން ކުރިއަށްދިއުމުގައި، ތިމާއަކީ ބޮޑު ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އޮތް މީހެއްކަން ދެނެގެން ކުރިއަށްދިއުމުން އުފާވެރިކަން ލިބޭނޭ ކަމަށެވެ. ދިވެހި މުޖުތަމައުއަށް ބަލާއިރު، ކިޔަވައިގެން ތިބި މީހުންނަށް އަދާކުރެވޭނެ ދައުރު ވަރަށް ވެސް ފުޅާ ކަމަށާއި ދައުރު އަދާކުރުމުގައި ފަރުވާކުޑަނުކުރުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ