ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ "ވޯލްޑް ފުޑް ސޭފްޓީ ޑޭ" ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ކުރިމަތިވާ ކަމެކެވެ. އަދި މިއީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ވޯލްޑް ފުޑް ސޭފްޓީ ޑޭގެ ޝިޢާރަކީ "ކާބޯތަކެތީގެ ރައްކާތެރިކަން: ޢަމަލީ މައިދާނުގައި ސައިންސް" ކަން ފާހަގަކުރަށްވައި، މި ޝިޢާރުން އަލިއަޅުވާލަނީ ކާބޯތަކެތިން ޖެހޭ ބަލިތައް ދެނެގަތުމާއި ހުއްޓުވުމުގައި ސައިންޓިފިކް ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ އުސޫލުތަކުގެ މުހިންމުކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ކާން ބޭނުންކުރާ ތަކެތި ރައްކާތެރި، ފައިދާހުރި އަދި އިތުބާރުހުރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަމެކެވެ. އަދި މިކަމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ