"ހޮޅުދޫ ބޯޓް" ގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ގެއްލިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި "ހޮޅުދޫ ބޯޓް" އިން 18 މީހަކު ދަތުރުކުރި ކަމަށެވެ. އެއީ ބޯޓްގެ ކެޕްޓާނާއި ފަޅުވެރީން ހިމެނޭ ހެނެވެ. އެ މީހުންގެ ތެރެއިން 17 މީހަކު ވަނީ ސަލާމަތް ކޮށްފަ އެވެ.
އެކަކު ގެއްލިފައިވާ ކަމަށް ބުންޏެވެ. އެއީ އުމުރުން 25 އަހަރުގެ އަލީ މުޝްފިގު މުހައްމަދު އެވެ. އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.
Advertisement
ސިފައިން ވަނީ ބޯޓްގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މުޅި ބޯޓްގައި އޮތީ އަލިފާން ހިފާފަ އެވެ.
ހޮޅުދޫ ބޯޓުން ދަތުރުކުރި ޒުވާނަކު ގެއްލިއްޖެ، 17 މީހަކު ސަލާމަތް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ