ހޮޅުދޫ އަބްދުﷲގެ އަނބިކަނބަލުން އާއިޝަތުދީދީ ނިޔާވެެއްޖެ

ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަންގެ އަނބިކަނބަލުން އާއިޝަތު އަނީސް (އާއިޝަތުދީދީ) ނިޔާވެެއްޖެ އެވެ.
އާއިޝަތުދީދީ ނިޔާވީ އުމުރުން 91 އަހަރުގަ މިއަދު އެވެ. އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެއްޖެ އެވެ.
އެކަމަނާ އަކީ ވަރަށް ކުޅަދާނަ ޅެންވެރިއެއް ވެސް މެ އެވެ. އަބްދުﷲގެ އަޑުން އިވިގެންދިޔަ އަދި ދިވެހީންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވި ބައެއް ލަވަތަކުގެ ޅެންތައް ހައްދަވާފައިވަނީ އެކަމަނާ އެވެ.
Advertisement
އޭގެ ތެރޭގައި "އިސްލާހުވާން އެދޭނަމަ" އަދި "ގަސްރުކުން މަލަފެވޭ" އާއި "އޯ ވަޒަން" ފަދަ ޅެންތައް ހިމެނެ އެވެ.
އާއިޝަތުދީދީ އަކީ ސަރުކާރުގެ ވަޒީފާތަކަށް އަންހެނުން ހަމަޖައްސަަން ނިންމުމާއެކު ރައީސް އޮފީހުގެ ވަޒީފާއަށް ފުރަތަމަ ނެގި ދެ އަންހެނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އާއިޝަތު ދީދީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ