އާދަޔާ ޚިލާފު ކޮންގްރެސްއެއް ބާއްވަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަނީ

އެމްޑީޕީގެ ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ބޭއްވުމުގެ މަސައްކަތް ފެށުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އަންނަ ހޮނިހިރު ދުވަހުގެ ރެއަށް އެޖެންޑާކޮށްފި އެވެ.އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ހޮނިހިރު ދުވަހުގެ ރެޔަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ މަސައްކަތް ފެށުމަށް ހުށަހަޅާނެ ކަމަށެވެ."ކޮންގްރެސް ބާއްވާށާއި، ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތަކާއި، އެ ކަމަށް ޚާއްސަ ކޮމިޓީއެއް ނެގުމަށް ހުށަހަޅަނީ" އިބުރޭ ވިދާޅުވި އެވެ.އެމްޑީޕީގެ ކޮންގްރެސްގައި ހިމެނެނީ ގައުމީ މަޖިލީހުގެ މެންބަރުން، ދާއިމީ ކޮމިޓީތަކުގެ މުގައްރިރުން، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސުން، ޕްރޮވިންސްތަކުގެ ނައިބު ރައީސުން، ދާއިރާތަކުގެ ނައިބު ރައީސުން، ގޮފިތަކުގެ ރައީސުން ނުވަތަ ނައިބު ރައީސުން، ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުން، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަދި އިސްތިއުނާފުގެ ފަނޑޔާރުގެ މަޖިލީހުގެ ހުރިހާ މެންބަރުންނެވެ.މިއީ އެމްޑީޕީގެ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. 2022 ގައި އެމްޑީޕީން ބޭއްވި ކޮންގްރެސްގައި ވެސް 1،100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ.އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ކޮންގްރެސް ބާއްވަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. ނަމަވެސް، އެ މުއްދަތުގައި އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ