މީސްތަކުންގެ މެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކޮށް މީހުންގެ މެދުގައި ޞުލްޙަކުރުމަކީ އިސްލާމް ދީނުގެ މުހިންމު އަސާސެކެވެ. ފިތުނަފަސާދަ ނައްތައިލުމަކީ ޞުލްޙަވެރިކަން ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުން މިކަމުގެ މުހިންމުކަން އެނގެއެވެ. އަލްއަންފާލު ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.
﴿فَاتَّقُوا اللَّهَ وَأَصْلِحُوا ذَاتَ بَيْنِكُمْ﴾[1]
މާނައީ: "ފަހެ، اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް إصلاح ކުރާށެވެ!"
އިންސާނާގެ އަތްފައިގެ ކޮންމެ ކަށިކޮޅަކަށް ޞަދަޤާތެއް ވެއެވެ. ފައިސާ އާއި މުދަލުން ނޫނަށް ޞަދަޤާތް ކުރެވޭނެއެވެ. އޭގެތެރޭގައި މީހުންގެ މެދުގައި ޞުލްޙަ ޤާއިމުކުރުމަކީ ޞަދަޤާތަކަށް ވެއެވެ. ކީރިތި ރަސޫލާ صلي الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
(كُلُّ سُلَامَى مِنَ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَومٍ تَطْلُعُ فِيهِ الشَّمْسُ، يَعْدِلُ بَيْنَ الِاثْنَيْنِ صَدَقَةٌ، وَيُعِينُ الرَّجُلَ علَى دَابَّتِهِ فَيَحْمِلُ عَلَيْهَا، أَوْ يَرْفَعُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالكَلِمَةُ الطَّيِّبَةُ صَدَقَةٌ، وكُلُّ خُطْوَةٍ يَخْطُوهَا إلَى الصَّلَاةِ صَدَقَةٌ، وَيـُمِيطُ الْأَذَى عَنِ الطَّرِيقِ صَدَقَةٌ.) [2]
މާނައީ: "އިންސާނާގެ (އަތްފައިގެ) ކޮންމެ ކަށިކޮޅަކަށް ޞަދަޤާތެއް ވެއެވެ. އެއި އެ ދުވަހަކަށް އިރުއެރި ކޮންމެ ދުވަހަކުމެއެވެ. ދެމީހެއްގެ ދެމެދު ޞުކްޙަކުޅައުމަކީ ޞަދަޤާތެކެވެ. ޖަނަވާރެއްގެ ބުރަކަށިމައްޗަށް މުދަލެއް އަރުވައިދިނުން ނުވަތަ މުދަލެއް ބާލައިދިނުމަކީ ޞަދަޤާތެކެވެ. ހެޔޮބަހެއް ބުނުމަކީ ޞަދަޤާތެކެވެ. ނަމާދަށް ދިއުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަޤާތެކެވެ. މަގުމަތީގައި މީހުންނަށް އުނުދަގޫވާގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށްލުމަކީ ޞަދަޤާތެކެވެ"
- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު
- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން
މަސްޖިދުއްނަބަވީގެ އިމާމް ދެއްވި ދަރުސުން-: ދޭދޭ ފަރުދުންގެ މެދުގައި ޞުލްޙަވެރިކަން ދަމަހައްޓާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ