ސްޕޭސްއެކްސްގެ ފެލްކަން 9 ރޮކެޓުން އިތުރު 22 ސްޓާލިންކް ސެޓެލައިޓް ޖައްވަށް ފޮނުވައިފި

ކެލިފޯނިއާގެ ދެކުނުން ސްޕޭސްއެކްސްއިން އިތުރު ސްޓާލިންކް އިންޓަނެޓް ސެޓެލައިޓްތަކެއް ހޮނިހިރު ދުވަހުގެ ރޭ  ޖައްވަށް ފޮނުވައިފި އެވެ.
ބާވީސް ސްޓާލިންކް ސެޓެލައިޓް އުފުލައިގެން ފެލްކަން 9 ރޮކެޓެއް ވެންޑެންބާގް ސްޕޭސް ފޯސް ސްޓޭޝަނުން އުދުއްސާލީ ޖީއެމްޓީން ފެބްރުއަރީ 23 ވަނަ ދުވަހުގެ މެންދަމު އެވެ.
ޕްލޭންކުރިގޮތަށް، ފެލްކަން 9 ގެ ފުރަތަމަ ސްޓޭޖް 8 މިނެޓް ފަހުން އަނބުރާ ބިމަށް އައިސްފައިވެ އެވެ. އެ ސްޓޭޖް ޕެސިފިކް ކަނޑުގައި ހުރި "އޮފް ކޯސް އައި ސްޓިލް ލަވް ޔޫ" ޑްރޯން ޝިޕްގައި ޖައްސާފައިވެ އެވެ.
ސްޕޭސްއެކްސްގެ މިޝަން ތަފްސީލުގައިވާ ގޮތުން މިއީ މި ބޫސްޓަރު ބޭނުންކޮށްގެން ކުރި 11 ވަނަ ލޯންޗް އަދި ލޭންޑިން އެވެ. އަދި މިއީ މި ބޫސްޓަރުން ނިންމި 8 ވަނަ ސްޓާލިންކް މިޝަނެވެ.
ފެލްކަން 9 ގެ މަތީ ސްޓޭޖުން ސްޓާލިންކް ސެޓެލައިޓްތައް ލޯ އާތު އޯބިޓަށް ގެންދިޔަ އެވެ. ސެޓެލައިޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 62 މިނެޓް ފަހުންނެވެ.
މިއަހަރުގެ އަހަރު މިހާތަނަށް ސްޕޭސްއެކްސްއިން ވަނީ 23 ފެލްކަން 9 މިޝަން ފުރިހަމަކޮށްފަ އެވެ. އޭގެ ތެރެއިން 17 މިޝަނަކީ ސްޓާލިންކް މިޝަންތަކެވެ.
2025 ވަނަ އަހަރުގެ ފެބްރުއަރީ 23 ގެ ނިޔަލަށް ސްޕޭސްއެކްސްއިން ވަނީ 8،000 އަށްވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް ދުނިޔޭގެ އޯބިޓަށް ފޮނުވާފަ އެވެ. އެސްޓްރޯފިޒިސިސްޓް އަދި ސެޓެލައިޓް ޓްރެކާ ޖޮނަތަން މެކްޑޮވެލް ބުނާގޮތުން، މި ސެޓެލައިޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 7،078 ސެޓެލައިޓް މިހާރުވެސް މަސައްކަތް ކުރަމުންދެ އެވެ. ކުރިއަށް އޮތްތަނުގައި ސްޓާލިންކް ކޮންސްޓެލޭޝަން 42،000 ސެޓެލައިޓަށް އިތުރުކުރުމަށް ސްޕޭސްއެކްސްއިން ވަނީ ރާވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ