ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ 4 އެޕްރީލްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އީސީގެ ރައީސް މުހައްމަދު ޒާހިދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން މި އިންތިހާބު ބާއްވަނީ 28 މާޗުގަ އެވެ ނަމަވެސް އިސީން ދެންމެ ގެޒެޓް ކުރި އިއުލާންގައިވާ ގޮތުން، އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 4 އެޕްރީލްގަ އެވެ.
ތަފްސީލު - އިންތިހާބު ފަސް ކުރި ސަބަބެއް އީސީން އަދި ހާމައެއް ނުކުރެ އެވެ.
އީސީން ގެޒެޓް ކުރި އިއުލާންގައި ބުނީ:
4 އެޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދިނުމަށް ކޮމިޝަނުން ބޭނުންވޭ
އެގޮތުން، މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރިކޯޑުގެ ފޯމު އަދި ކަރެކްޝަންސުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑުގެ ފޯމު ބަލައިގަތުމަށް ކޮމިޝަނުން ވަނީ ނިންމާފައި
އެއާ އެކު، އީސީން އެދުނީ ހުރިހާ ކެންޑިޑޭޓުން ވެސް ކުށުގެ ރިކޯޑް ސާފުކުރުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ ތާރީހެއް އެ އިއުލާންގައި އީސީން ހަމާކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން އީސީން ހާމަކޮށްފައިވާ ގޮތުން އިންތިހާބަށް ހުޅުވާލާނީ އަންނަ މަހު 17ގަ އެވެ.
ކައުންސިލް އިންތިހާބު 4 އެޕްރީލްގައި ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ