ޒާޔާއާއި އިތުރު ދެ މީހަކު "ލޫޓުވައިފި" މުޒާހަރާއާ ގުޅުވައި ފުލުހަށް ހާޒިރުކުރަނީ

މި މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅުވައި، އެ ޕާޓީގެ މެންބަރެއްކަމަށްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ)އާއި އިތުރު ދެ މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. ފުލުހުންގެ ޗިޓުގައިވާ ގޮތުން އެ ތިން މީހުން ވެސް ފުލުހަށް ހާޒިރުވާން އެންގީ، ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމާއި، ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދައިކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމަށް ތުހުމަތުކޮށް ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ. އެ މެންބަރުން ހާޒިރުކުރަނީ ތަހުގީގު ބަޔާން ނެގުމަށާއި، ސީސީޓީވީ ކޮމްޕެރިޒަން ފޮޓޯ ނެގުމަށްކަމަށް ޗިޓުގައިވެއެވެ. މި މައްސަލައިގައި ފުރަތަަމަ ހާޒިރުވާން އެންގި މުޙައްމަދު ހަމާއިދު އަބްދުލްޣަނީ ހާޒިރުވާން އަންގައިފައި އޮތީ މާދަމާ ހަވީރު 16:00 އަށެވެ. ޒާޔާ ހާޒިރުވާން އަންގައިފައި އޮތީ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށެވެ. މީގެ އިތުރުން ހަމަ އެ ދުވަހު އާއިޝަތު ނަޖުދާ ޢަލީ އެ ދުވަހުގެ ހެނދުނު 09:00އަށް ހާޒިރުވާން ވަނީ އަންގައިފައެވެ. މި އެންމެން ވެސް ހާޒިރުކުރަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. https://sun.mv/212839 އެމްޑީޕީގެ އިތުރު ތިން މީހަކު ފުލުހަށް ހާޒިރުކުރާއިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ އެއްވުމުން ހައްޔަރުކުރި އެ ޕާޓީގެ ހަ މެންބަރުން ބަންދުން ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ