ނަމާދުގައި އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ބައެއް ކަންކަން-

ނަމާދުކުރިނަމަވެސް އެނަމާދު ނަމާދަކަށްވެ އެކަމުގެ ފައިދާކުރާނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރެވިގެންކަން އެނގެން އޮތް ނަމަވެސް ގިނަ ބައަކަށް އެކަންކަމަށް ސަމާލުކަން ނުދެވޭކަމީ ހިތާމަހުރިކަމެކެވެ.
ވީމާ ފުރަތަމަ ބަލައިލަންވީ އިޙްޞާންތެރިކަމަށެވެ. އިޙްޞާންތެރިކަމުގައި 2 ދަރަޖައެއް ވެއެވެ. އެއީ:
1 ތިމާއަށް ﷲ ތަޢާލާ ފެންނަ ކަމުގެ އިޙްޞާޞް ހިތަށް ކުރެވުން. 2 ތިމާ ކުރާ ކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތަށް ގެނެވުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ދެން މިބަލައިލަނީ ނަމާދުގައި އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ބައެއް ކަންކަމަށެވެ.
1 ނަމާދުގެ ވަގުތުގަ ފަރާތްފަރާތަށް ބެލުން. ( ބަލަންވާނީ ސަޖިދަކުރާ ތަނަށެވެ.)
2 މައްޗަށް ބެލުން (މައްޗަށް ބެލުމަކީ ލޮލުގެ ފެނުން ގެންދަވައިފާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.)
3 ނަމާދަށް ހުރެކުއުން، ބުއިން
4 ނަމާދުން ބޭރު ބަހެއް ބުނެގެން ނުވާނެ. މީހަކު ވާހަކަ ދެއްކިޔަސް ޖަވާބުވެސް ދީގެން ނުވާނެ.5 ކުރިމައްޗަށް ކުޅުޖައިގެން ނުވާނެ. ކޮންމެހެން ކުޅު ޖަހަން ޖެހިއްޖެނަމަ ތިމާގެ އަމިއްލަ ފޭރާމަށް ކުޅު ޖަހާށެވެ!
މިހުރިހާ ކަންކަން މިގޮތަށް މަނާވެފައި މިވަނީ ނަމާދަށް ހުންނައިރު ﷲ ތަޢާލާ ތިބާއަށް ބައްލަވައިވޮޑިގެންވާތީއެވެ. މިއިން ކަމެއް ކޮށްފިނަމަ އެއީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙުރުމަތް ކަނޑާލުން ކަމުގައިވާތީއެވެ! ނަމާދުގައި ކިޔާ ތަކެއްޗަކީ ﷲ ތަޢާލާ އާއި ކުރެވޭ މުޢާމަލާތުތަކަކަށްވާތީއެވެ.
ވީމާ ނަމާދަށްހުރެ އެއްގޮތަކަށްވެސް މިއިން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެކަންކަމަށް ފަރުވާތެރިނުވެ ކުރާނަމާދުން ކުރާނެ ފައިދާއެއް ނެތެވެ!:
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ