މާލޭގައި ގެއެއް އިމާރާތް ކުރަނިކޮށް ޖެހިގެން ހުރި ގޭގެ ތަޅުންގަނޑު ގަނބައިގެންފި އެވެ.
ވީ ކިހިނެއް؟ - މިއަދު މި ހާދިސާ ހިނގީ މ. ނަސީމީހިނގުމުގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މައުލޫމާތެއް ނުލިބެ އެވެ.
ތަފްސީލް - މާލޭ ސިޓީ ކައުންސިލުން ބުނީ ނަސީމީ ހިނގުމުގައި ހުންނަ ގެއެއް މަރާމާތުކުރަމުން ދަނިކޮށް ޖެހިގެން ހުރި ގެ އަޑިޔަށް ދާތީ، އެ ސަރަހައްދާއި ގޭގެ ހާލަތު ބައްލަވައިލެއްވުމަށް މޭޔަރު އާދަމް އާޒިމް އެ ސަރަހައްދަށް ވަޑައިގެންނެވި ކަމަށެވެ.
އޭގެ އިތުރުން އެ ގޭގެ ހާލަތު ބައްލަވައިލެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވެސް ވަނީ އެ ގެއަށް ވަޑައިގެންފަ އެވެ.
އިމާރާތް ކުރުމުގެ މަސައްކަތްކުރަން ބިންގަނޑު ކޮންނަ އިރު ކައިރި ސަރަހައްދުތަކުގައި ހުންނަ ގޭގެއަށް ގެއްލުންވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.
މާލޭގައި ގެއެއް އިމާރާތް ކުރަނިކޮށް ޖެހިގެން ހުރި ގޭގެ ތަޅުންގަނޑު ގަނބައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ