އުރީދޫ ފަން ރަން މިއުޒިކް ޝޯ ގިނަ ބޭންޑްތަކާއެކު ހުޅުމާލޭގައި ބާއްވަނީ އުރީދޫ ފަން ރަން މިއުޒިކް ޝޯ ގިނަ ބޭންޑްތަކާއެކު ހުޅުމާލޭގައި ބާއްވަނީ

އުރީދޫ ފަން ރަން މިއުޒިކް ޝޯ މަޝްހޫރު ގިނަ ބޭންޑްތަކާއެކު މި މަހު 18، ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
އުރީދޫއިން ބުނީ ފަން ރަން މިއުޒިކް ޝޯ ކުރިއަށް ގެންދާނީ ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސްއާއެކު މި މަހު 18، ވަނަ ދުވަހުގެ ރޭގަނޑު 8:00 އިން 23:59 އަށް ކަމަށެވެ.
"މި ލައިންއަޕްގައި ރާއްޖޭގައި މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނޭއިރު، ފަން ރަންގެ ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެ،" އުރީދޫއިން ބުންޏެވެ.
އުރީދޫ ފަން ރަންއާ ދިމާކޮށް އަބަދުވެސް މިއުޒިކް ޝޯއެއް ކުރިއަށް ގެންދާއިރު، އުރީދޫގެ އަމާޒަކީ އެ މިއުޒިކް ޝޯ މެދުވެރިކޮށް މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުމެވެ.
ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ފަން ރަން އަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6،500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ