ލ. ދަނބިދުއާއި ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފި ނޭޝެނަލް ޓޯޗް ރަން: 18 ގަޑިއިރުތެރޭ 7000 އަށްވުރެ ގިނަ މީހުން ދުވެފި އުރީދޫ ފަން ރަން: މި އޮތީ ބިބްގައި ނަން ޖަހާލުމުގެ ފުރުސަތު ހުޅުވާލާފަ! ކަށިމިޔަރުގެ މަސްވެރިކަން

ދެކުނުގެ ރަށެއްގައި ދިވެހި ފިރިހެން ޓީޗަރަކު، ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ފިރިހެން ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ އިދާރާއަށް ހުށަހެޅާފައިވާކަމަށެވެ. މިދިޔަ އާދިއްތަ ދުވަހު ހުށަހެޅި މި މައްސަލަ އާއި ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ