ދައްކަން މިއުޅެނީ ރެއާއި ދުވާލުގެ 5 ވަޤުތުގައި ގޮވާ ބަްނގީގެ ވާހަކައެވެ. ކޮންމެ ނަމާދަކަށް އިމާމް ގޮވާ ގޮވުމުގެ އަޑުއިވުމުން ޢިޖާބަ ނުދެވޭނަމަ އެއްގޮތަކީ އެމީހަކަށް ﷲއަކްބަރުގެ މާނަ ނުއެނގެނީއެވެ. ނޫންނަމަ އެމީހަކަށް ﷲ ތަޢާލާ ޤަބޫލުނުކުރެވެނީއެވެ.
އެހެނީ ﷲއަކްބަރުގެ މާނައަކީ ﷲ ތަޢާލާގެ މަތިވެރިކަން މާބޮޑެވެ. ސުވާލަކީ ކޮން ކަމަކަށްވުރެ ނުވަތަ ކޮންއެއްޗަކަށްވުރެހެއްޔެވެ؟ ޖަވާބަކީ ތިބާ ކުރަން ތިއައުޅޭ ކޮންމެކަމަކަށްވުރެއެވެ. ދުނިޔެއާއި އުޑުތަކުގައިވާ ހުރިހާ އެއްޗަކަށްވުރެއެވެ. ހުރިހާ ކަމަކަށްވުރެންނެވެ. ތިބާ ކުރަންއުޅޭ މަސައްކަތް ނުވަތަ ވިޔަފާރިއަށްވުރެންނެވެ. ތިމާގެ އެކުވެރިންނާއި ޢާއިލާއަށްވުރެވެސް މެއެވެ. އެކުގައި ތިބި ބޮޑުންނަށްވުރެވެސް މެއެވެ.
ދެން ގޮވައިލެވޭ ޙައްޔަޢަލައްބަލާތި އާއި ހައްޔަޢަލަލްފަލާހްގެ މާނައަށް ބަލައިފިނަމަ އެގޮވައިލެވެނީ ނަމާދަށް އަވަހަށް އައުމަށެވެ. ކީއްކުރަން ހެއްޔެވެ؟ ނަޞީބާއި ކާމިޔާބު ލިބިގަތުމަށެވެ.
ވީމާ އެގޮވައިލެވެނީ ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާފައި ނަމާދުކުރުމަށެވެ. ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ދިއުމަށެވެ.
ބުނަން ހެއްޔެވެ؟ ރިވެތި ޜާގަށް (ބަންގިގޮވާ ރާގަށް) ބަންގިގޮވާ އަޑުއިވުމުން މުސްލިމުންނަށް އަސަރުކުރާނެއެވެ. އަދިކީއްހެއްޔެވެ؟ މުސްލިމުން ނޫން މީހުންނަށްވެސް އަސަރުކުރެއެވެ. އެމީހުންނަށް އެކުރާ އަސަރު އެމީހުންނަށް ދޭ މެސެޖް ނުއެނގެނީއެވެ. ނަމަވެސް މުސްލިމުންނަށް މެސެޖް ލިބޭނެއެވެ. މެސެޖް ލިބުމުން ބަލައި ނުގަނެވެނީ އެމީހެއްގެ ހިތުގެ މައްޗަށް ޝައިޠޯނާ ބާރު ހިންގާފައިވާވަރު ބޮޑުވަނީއެވެ.
ވީމާ ބަންގިއަށް ޢިޖާބަދީ ނަމާދުނުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ޝައިޠޯނާގެ ކަސްތޮޅުގައެވެ. އަވަހަށް ސަލާމަތްވެ ނަމާދުކުރާށެވެ! ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ، ކިޔަމަންތެރިއަކުކަން ޢަމަލުން ދެއްކުމަކީ އެއީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ބަންގީގެ އަޑުއިވި ކިޔާ އެއްޗެއްގެ މާނަ އެނގޭއިރުވެސް ނަމާދުކުރުމަށް އަވަސްވެ ނުގަންނަ މީހާއަށް އެހުރެވެނީ އަހުރެމެންގެ ފަޅިއަކު ނޫން! ޝައިޠޯނާގެ ކަސްތޮޅުގަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ