މުސްލިމުންނަށް ކިޔާ ނަންތައް އެކި ގޮތްގޮތަށް ބަދަލުކޮށްގެން ކިޔަންފެށީ މަކަރުވެރި ރޭވުމެއްގެ ތެރެއިންނެވެ. އެމީހުން ޚަދީޖާ ހެދީ ޑީޖޭއަކަށެވެ. މުޙައްމަދު ހެދީ މޯޑަކަށެވެ. މިހެން ގޮސް ބަދަލުނުކުރާ ނަމެއް ނެތެވެ. ބޭނުމަކީ ނަންތަކުންވެސް އިސްލާމީވަންތަކަން ފުހެލުމެވެ. ކާފިރުންކުރާ ކޮންމެ ކަމެއް ރީތިވާ ބައަކު މުސްލިމުންގެ ތެރޭގައިވެސް އުޅޭތީ މުސްލިމުންގެތެރެއިންވެސް ބައަކަށް އެނަންތައް ރީތިވީއެވެ. އަމިއްލަ ގޭތެރޭގައިވެސް އެނަންތައް ކިޔަންފެށީއެވެ.
ދެން ނިކަން ވިސްނައިލަބަލާށެވެ! އަހުރެން މިބުނަނީ މިހާރު ދިތާސާކުރުމުގެ މަރުޙަލާގައި އޮތްކަމެއްގެ ވާހަކައެކެވެ. ބައްޕައަށް ބައްޕި، ޑެޑީ، މަންމައަށް މަމީ، މޮމް ފަދަ ނަންތައް ކިޔުމުން ކުދިންގެ ހިތަށް ކުރެވޭ އިޙްޞާޞްތައް ދެނެގަންނަން މިހާރު އަންނަނީ ދިރާސާތައް ކުރަމުންނެވެ. އަހުރެންނަށް ލިބިހުރި މަޢުލޫމާތަށް ބަލާއިރު ބައްޕައަސް ބައޕް، މަންމައަށް މަންމަ ނޫން ނަންތައް ކިޔުމުން ކުއްޖާގެ ހިތުގައި ލޯބި ބޮޑުތަނުން ކުޑަވެގެންދެއެވެ. އެކަން ކުދިންނަށް ބުނެދޭން ނުއެނގެނީއެވެ.
ނިކަން ބުނެބަލާށެވެ! ބައްޕި ކިޔޭ ކުއްޖަކަށް ބައްޕަ ނުކިޔެންވީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނެއެވެ.
ބުނަންހެއްޔެވެ؟ އަހުރެމެން ހޭލުންތެރިވާން އެބަޖެހެއެވެ. ދަރިން މައިންބަފައިން ދެކެ ލޯބިނުވީމާ ކަންބޮޑުވުމަކުން އަދި ރުޅިއައުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ އަހުރެމެންގެ ވަށައިގެންވާ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.
- ސާވް އިސްލާމް
ބައްޕަ- ބައްޕިއަކަށް، މަންމަ- މަންމިއަކަށް ބަދަލުކުރީމާ ދަރިންނަށް ވާގޮތް އެނގޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ