ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ 'ދޯހާ މެރެތަން 2026' ގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިން ރަޖިސްޓްރީ ވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ 15،000 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ޖުނުއަރީ 16، 2026، ގައި ބާއްވާ މި މެރެތަން އަށް ދާން ބޭނުންވާ ދިވެހި 15 ދުވުންތެރިއެއްގެ ރެޖިސްޓްރޭޝަން ފީ ސްޕޮންސާ ކޮށްދޭން އުރީދޫ މޯލްޑިވްސްއިން ވަނީ ނިންމައިފަ އެވެ. އެ ދުވުންތެރިން ހޮވަނީ ނަން ނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިންނެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮންނަން ޖެހެ އެވެ.
މި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ ނޮވެމްބަރު 24، އެވެ.
ދޯހާ މެރެތަންއާ ބެހޭ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.
ދޯހާ މެރެތަން އަށް ދާން ބޭނުންވާ ދުވުންތެރިން ރަޖިސްޓަރީ ވާން އުރީދޫއިން ހުޅުވާލައިފި ދޯހާ މެރެތަން އަށް ދާން ބޭނުންވާ ދުވުންތެރިން ރަޖިސްޓަރީ ވާން އުރީދޫއިން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ