ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ދިވެހި ޅެންވެރި ކަމުގެ "އުޖާލާވި ރަންތަރި" ޝައިހު މުހައްމަދު ޖަމީލް ދީދީއާ އެެއް ބަފާ މޫސާ ޖަމީލަކީ ވެސް ޅެންވެރިއެކެވެ. އަދި އޭނާ އަކީ ގުރުއާން ހިތުދަސް ކުރައްވައިގެން ހުންނެވި ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ.
ކުރީގެ ވަޒީރު އަދި އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މުސާ ޖަމީލް އަވަހާރަ ވެއްޖެ އެވެ. ދަރަވަންދޫގެއަށް ނިސްބަތްވާ މޫސާ ޖަމީލު އަވަހާރަވީ މިއަދު ހެނދުނު އެވެ. ދިވެހި ޅެންވެރި ކަމުގެ "އުޖާލާވި ރަންތަރި" ޝައިހު މުހައްމަދު ޖަމީލް ދީދީއާ އެެއް ބަފާ މޫސާ ޖަމީލަކީ ވެސް ޅެންވެރިއެކެވެ. އަދި އޭނާ އަކީ ގުރުއާން ހިތުދަސް ކުރައްވައިގެން ހުންނެވި ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. މިއަދު އަވަހާރަވި މޫސާ ޖަމީލުގެ ތިއްބަވަނީ އެންމެ ދޮއްޓަށް މުހައްމަދު ޝާހިދެވެ. ދެން އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަގަށް ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ އެވެ. މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާއެއްގައި ޝާހިދާގެ ދެބެން އެކުގައި އަވަހާރިވި އިރު ފާތުމަތުގެ އުމުރަކީ 14 އަހަރެވެ. އާމިނަތުގެ އުމުރުން 12 އަހަރެވެ. އެ ހާދިސާ ހިނގީ 1980 ވަނަ އަހަރު ސްކޫލް ޗުއްޓީގައި ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ