ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ ބާރު ސްޕީޑްގައި ދުއްވި މީހާގެ ބަންދަށް 15 ދުވަސް، އޭނާ ދައްކަނީ ‘ހާފިޒްގެ މައްސަލަ’ މަގުމަތީގެ އެކްސިޑެންޓެއްހިނގައި ރ. މަޑުއްވަރީ ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ އައްޑޫގަ

ރޭ ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް1 ގައި ކާރެއް ފުރޮޅާލައިގެން އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު 5:35 އެހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އިންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު ހޮސްޕިޓަލާއި ހަވާލާދީ ފުލުުހުން ބުނީ އޭނާގެ ހާލު ސީރިއަސް ނޫންކަމަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓާފައިވާއިރު، މި ކާރު ޓޯކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެކްސިޑންޓު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ