ދަށު ކޯޓުތަކުގެ ފަރާތުން ޖޭއެސްސީއަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު އިންތިހާބުކޮށްފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިވިލް ކޯޓުގެ ފަނޑިޔާރު ގާޒީ ފަރުހާދު ރަޝީދު އިންތިހާބުކޮށްފިއެވެ.
ވާޗުއަލްކޮށް މިއަދު ހެނދުނު 10 އިން މެންދުރު 12 އަށް ބޭއްވި އިންތިހާބުގައި ފަރުހާދުގެ އިތުރުން ހަތަރު ފަނޑިޔާރަކު ވާދަކުރެއްވިއެވެ. އެއީ:
ޖޭއެސްސީން ބުނީ، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 166 ފަނޑިޔާރުންގެ ތެރެއިން 163 ފަނޑިޔާރަކު ވޯޓުދެއްވި ކަމަށެވެ. ފަނޑިޔާރުން ވޯޓުދެއްވި ގޮތަށް ބަލާލާއިރު:
ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ނިމާލް ޖުނައިދު ކުއްލިގޮތަކަށް މިދިޔަ ސެޕްޓެމްބަރު މަހު އަވަހާރަވުމާ ގުޅިގެން، ވަގުތީގޮތުން އެ ކޯޓުގެ ހިންގުން ފަރުހާދާ ހަވާލުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ