ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމު ކޮށްފި

ތުރުކީ ގައި ދިވެހިރާއްޖޭގެ އެމްބަސީ އެއް ގާއިމު ކުރެއްވީ، ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދު ގައި އޮންނަ ސިޔާސީ ގޮތުންނާއި އިގްތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމު ކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާ އެއް މިއަދު އުފައްދަވައި އެ އިދާރާ އަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.ތުރުކީ ގައި ދިވެހިރާއްޖޭގެ އެމްބަސީ އެއް ގާއިމު ކުރެއްވީ، ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދު ގައި އޮންނަ ސިޔާސީ ގޮތުންނާއި އިގްތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.ތުރުކީގައި ގާއިމު ކުރި އެމްބަސީގެ ރަސްމީ މަސައްކަތްތައް ވެސް މިއަދު އާންމުކުރި ރައީސްގެ ދެންނެވުމުގައި ތަފްސީލް ކޮށް ހިމަނާފައިވެ އެވެ.ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީ އަށެވެ. އެ ގައުމާއި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހި ކުރައްވަން ރައީސް ބޭނުންފުޅުވެވަޑައިގަންނަވަ އެވެ. އަސްކަރީ ބައެއް އުޅަނދުތަކާއި ކާޑުގެ ބާވަތްތަކާއި އެ ނޫން ވެސް މުހިންމު ކަންކަމުގައި ތުރުކީގެ އެހީތެރިކަން ދިނުމަށް އެ ގައުމުން ވަނީ އެއްބަސްވެސް ވެފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ