ހަށި ވިއްކުމުގެ ތުހުމަތުގައި، ރަސްދޫ ސްޕާއަކުން 3 މީހުން ހައްޔަރު ކޮށްފި

ހަށިވިއްކުމުގެ ތުހުމަތުގައި އއ. ރަސްދޫ ސްޕާއަކުން ތިން ބިދޭސީން ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އާދީއްތަ ދުވަހުގެ ރޭ 11:30 ހާއިރު އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ހުންނަ "ބްލޫ ވެލި ސެލޫން އެންޑް ސްޕާ" ގައި ބިދޭސީ އަންހެނުން ބޭނުންކޮށްގެން ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން "ބްލޫ ވެލި ސެލޫން" ބަލާފާސްކޮށް، ހަށިވިއްކާ ކަމުގެ ތުހުމަތުގައި އުމުރުން 42 އަދި 27 އަހަރުގެ ބިދޭސީ 2 އަންހެނުންނާއި، އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
Advertisement
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ސްޕާ ހިންގަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީ ނުކޮށް ކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ