ފްރާންސްގެ ސަފީރާއި ސްޕޯޓްސް މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ތެރޭގައި ކުރިއަށް ދާނެ: ރައީސް ކޯޗުންނަށް ސަރުކާރުން އެހީދިނުމުގެ މަސައްކަތް ފަށާނަން: ރައީސް އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރަތުގައި 6 ޓީމް ބައ

ކުޅިވަރު އިދާރާތައް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ދިނުމުގެ ވާހަކަ ރާއްޖޭގައި ދައްކާތާ ގިނަ ދުވަސްވެފައިވީ ނަމަވެސް މިހާތަނަށް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުޅިވަރު އެސޯސިއޭޝަންތައް ވިޔަފާރި މޮޑެލްއަކަށް ބަދަލުކޮށް މީރާގައި ރަޖިސްޓަރީ ކުރެވޭނެ ގޮތަށް ކުޅިވަރު ޤާނޫނަށް އިޞްލާޙު ހުށަހަޅަން ގެންގުޅުއްވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި އެސޯސިއޭޝަންތަކަށް ވިޔަފާރިގެ ފުރުސަތުތައް ތަނަވަސްކޮށް އިކޮނޮމިކްލީ ވަޔަބަލް މޮޑެލްތަކަކުން ކުޅިވަރުގެ މުއައްސަސާތައް ބަދަލުކުރުމުގެ ވިސްނުން ވެސް ސަރުކާރުން ގެންގުޅުއްވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ކުޅިވަރު ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެސޯސިއޭޝަންތަކާއި ކުލަބުތައް ހިންގުން ރޭވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވުން އެކު، ވިޔަފާރި މޮޑެލްގެ ބޭނުމަކީ އެސޯސިއޭޝަންތަކުގެ ބަޖެޓަށް ލުއި ގޮތްތަކެއް ހޯދައިދިނުން ކަމަށް ސާފުކޮށް ދެއްވިއެވެ.
މި ބަދަލުތައް ގެނައުމަށް ސަރުކާރުން ޤާނޫނީ ގޮތުން ތައްޔާރީތައް ފަށައިފައި ވާއިރު, ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން އަވަސް މުސްތަޤުބަލެއްގައި މި ބަދަލުތައް ގެނެވޭނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ