ލަންކާގެ އިތުރު 15 ހޮސްޕިޓަލަކުން އާސަންދަ ދިނުމަށް މަޝްވަރާ ކުރަނީ
އަވައްޓެރި ސްރީލަންކާގެ 15 ހޮސްޕިޓަލަކުން އާސަންދަ ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އާސަންދައިން މިއަދު ބުނެފިއެވެ. 'ސަން'އިން ސުވާލުކުރުމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، އެކި ގައުމުތަކުގެ ހޮސްޕިޓަލްތަކުން އާސަންދަ ދިނުމަށް ރިކުއެސްޓު އަންނަ ވަރަކުން އެ ހޮސްޕިޓަލްތަކުން ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސަމުން އަންނަ ކަމަށެވެ. އެ ފަދަ ހުށަހެޅުންތައް ލިބޭ ވަރަކުން އެ ތަންތަނާ މަޝްވަރާ ކުރާ ކަމަށާއި މިހާރު ވެސް އިތުރު 15 ހޮސްޕިޓަލުން އާސަންދަ ހަމަޖައްސައިދިނުމަށް ހުށަހަޅާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލްތަކުން އާސަންދަ ދިނުމުގެ ކުރިން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށާއި ޝަރުތުތަކަށް ފެތޭނަމަ، އެ ތަންތަނުން އާސަންދަ ދިނުމަށް ނިންމާނެ ކަމަށެވެ. އޭގެ ތެރެއިން، މަޝްވަރާ ކުރުމުގައި އެންމެ ގިނަ ދުވަސްވަނީ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސަދޭ އަގުތަކާ ގުޅޭ ގޮތުންކަން އޭނާ ފާހަގަކުރެއްވިއެވެ. އާސަންދަ ކައުންޓަރު -- ފޮޓޯ: އާސަންދަ "އިންޑިއާ ލަންކާގައި ހުންނަ ހުރިހާ ހޮސްޕިޓަލްތަކަކުން ކަހަލަ ގޮތަކަށް ވެސް އެޕްރޯޗް ކުރަމުންދާނީ ހަމަ. [އާސަންދަ ހަމަޖައްސައި، މެދުކަނޑާލުމަކީ] ކޮންޓިނުއަސް ޕްރޮސެސް އެއް" އޭނާ ވިދާޅުވިއެވެ. ލަންކާއަކީ، 'މެރަނާ'ގެ ދަށުން އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ބޭސްފަރުވާއަށް އާސަންދަ ދޭ ގައުމެކެވެ. މިހާރު ވެސް ހަ ހޮސްޕިޓަލަކުން އެ ޚިދުމަތް ލިބެއެވެ. އޭގެތެރޭގައި، އަސިރި ސާޖިކަލް ހޮސްޕިޓަލާއި އަސިރި މެޑިކަލް ހޮސްޕިޓަލާއި އަސިރި ސެންޓްރަލް ހޮސްޕިޓަލާއި ޑާޑަންސް ހޮސްޕިޓަލާއި ނަވަލޯކާ ހޮސްޕިޓަލް ނެގަމްބޯއާއި ކޮލަމްބޯގައި ހުންނަ ނަވަލޯކާ ހޮސްޕިޓަލެވެ. އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ދިނުމަށް މަޝްވަރާކުރާއިރު، އާސަންދައިން ލަންކާ ހޮސްޕިޓަލަށް ދައްކަންޖެހޭ ބިލުތަކަށް ބޮޑު އަދަދެއްގެ ފައިސާ ނުދައްކާ އޮއްވައި, އެ ހޮސްޕިޓަލުން ދެމުންއައި އާސަންދައިގެ ޚިދުމަތް މި އަހަރުގެ ކުރީކޮޅު ވަނީ މެދުކަނޑާލާފައެވެ. https://sun.mv/216410 ފާހަގަކުރެވޭ ގޮތުގައި، ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ދަތުރުކުރާ ގައުމެއް ކަމަށްވާއިރު، އެގައުމުގައި ދިރިއުޅޭ މީހުން ވެސް މަދެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ