ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖްކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން، ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖްކުރުމާ ގުޅޭ ސިޔާސަތުތަކާ ބެހޭ މުހިންމު މަޝްވަރާ ބައްދަލުވުމެއް މާލޭގައި ބާއްވައިފިއެވެ.
އިއްޔެ ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ "ޕޮލިސީ ޑައިލޮގް އޮން ހެޒަޑަސް ކެމިކަލްސް އެންޑް ވޭސްޓް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި އެކި ދާއިރާތަކުގެ އިސް ފަރާތްތަކުން ބައިވެރިވެ، ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ