މިމަހުގެ 19 ވަނަ ދުވަހު ރޯދަ އެލަވަންސް ފައިސާ ދެނީ
މި އަހަރުގެ ރޯދަ އެލަވަންސް މިމަހުގެ 19 ވަނަ ދުވަހު ދޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސާކިއުލާެއްގައި ބުނެފައިވަނީ ރޯދަ އެލަވަންސް މިމަހުގެ 19 ވަނަ ދުވަހު ދައުލަތުގެ މުވައްޒަފުންނަށް ދޫކުރާނެ ކަމަށެވެ.ބައެއް މުވައްޒަފުންނަކީ ދައުލަތުގެ އެއް އިދާރާއަށް ވުރެ ގިނަ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިފަދަ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭއިރު އޭނާގެ އަސާސީ ވަޒީފާ އޮންނަ އޮފީހުން އެކަނި ރޯދަ އެލަވަންސް ދޫކުރުމަށްވެސް ސާކިއުލާގައި ހަނދާންކޮށްދީފައިވެ އެވެ. ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.ވަޒީފާ އަދާކުރާ މުސްލިމު ކޮންމެ މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ދިނުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ