އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރައްވާ ތާއީދު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޝާޒަށް މަރުހަބާ ދަންނަވަމުން ފައްޔާޒު ވިދާޅުވީ މި އިންތިހާބުގައި ދާއިރާގެ ރައްޔިތުންގެ ތާއިދު މި ސަރުކާރަށާއި ރައީސް ސޯލިހަށް އޮތް ކަން ހާމަވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރި ކެމްޕެއިން ޓީމަށް ފައްޔާޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މީގެއިތުރުން، ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަނަސް އަބްދުއް ސައްތާރު ވިދާޅުވީ، ޒަމާންތަކެއް ވަންދެން ޕީޕީއެމުން ތަމްސީލު ކުރަމުން ދިޔަ ގޮނޑިއެއް އެމްޑީޕީއަށް ލިބުމުން މަރުހަބާ ކިޔުއްވާ ކަމަށެވެ.
އަނަސް ވިދާޅުވީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ކާމިޔާބީން ހާމަވާ ކަމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދާއި އަދި އެމްޑީޕީ މިދާ މިސްރާބަށް ޕާޓީގެ މެމްބަރުންގެ އިތުބާރާއި ތާއީދު ކަމަށެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް 1346 ވޯޓު ލިބިފައިވެ އެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 136 ވޯޓެވެ.
ގުރައިދޫ ދާއިރާގެ ވޯޓުން ފެނުނީ ރައީސް ސޯލިހަށް އޮތް ތާއީދު: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ