އާއިލީ މުދަލަކަށް ހަދައިގެން މަޖިލީސް ހިސޯރުނުކޮށް އިސްތިއުފާ ދެއްވާ: ނާޝިޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބުދުالله އާއި ދެބޭފުޅުން އާއިލީ މުދަލަކަށް ހަދައިގެން މަޖިލީސް ހިސޯރުނުކުރުމަށާއި އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދާއި، އިވާ މަޖިލީސް ހިސާރުކުރައްވައިގެން އުޅުއްވާކަމަށް ތުހުމަތު ކުރައްވާ އެމްޑީއޭގެ މެންބަރަކު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ ނާޝިޒު ވިދާޅުވީ މަރުތަޅެއްނޭޅޭ ކަމަށާއި ކޮމިޓީތައް ހުއްޓުވައިގެން އުޅުއްވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އަދި އާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށާއި އިތުބާރު ނެތް ކަމަަށް ހުރި މައްސަލަތައް ކުރިޔަށް ގެންދަވަންވީ ކަމަށެވެ.
މަރުތަޅޭ ކިޔައިގެން ދެބެން އާއިލީ މުދަލަކަށް ހަދައިގެން މަޖިލިސް ހިސޯރު ނުކުރައްވާ”
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ފޮރިން މިނިސްޓަރ އަބުދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފައެވެ.
ކޮމިޓީތއް ހުއްޓިފައި އޮތުމުން އިތުބާރު ނެތްކަމުގެ މައްސަލަތއް ވަނީ މުރިޔަށް ނުގެންދެވި އެޖެންޑާވެސް ނުކުރެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ކޮމިޓީތައް ނުހިންގާ ހުއްޓިފައި އޮތީ ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް ބަދަލު އައިސްފައިވާއިރު ސިޔާސީ ޕާޓީތަކަށް ކޮމިޓީތައް އެކުލަވާލަނެ ގޮތަކާއި މެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ