ނަޝީދު އަސްލަމަށް ރައްދު ދެއްވީ، ބޮޑުތަކުރުފާނު ވިޔަޒޯރަށް ރައްދު ދެއްވި ބައިތުން

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ބޮޑުތަކުރުފާނު ވިޔަޒޯރަށް ރައްދު ދެއްވި ބައިތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީގެ ލިޑަރު މުޙައްމަދު އަސްލަމަށް ނަޝީދު ރައްދު ދެއްވައިފިއެވެ.
ނަޝީދު ވަކިކުރުމަށް މަޖިލީހުގެ މެޖޯރިޓީ، އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމާއި ގުޅިގެން އެ ގަރާރުގައި 54 މެމްބަރުން ވަނީ ސޮއިކޮށްފައި ވާއިރު، އެ މައްސަލައިގައި އިސްވެ އުޅުއްވަނީ އަސްލަމެވެ.
އެކަމާ ގުޅިގެން، ނަޝީދު އިސްވެ ހުންނަވައި އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ މިކަމުގައި އަސްލަމަށް ދެއްވަން އޮތް ޖަވާބަކީ، އަނދިރިއަނދިރިން ވިޔަޒޯރަށް ބޮޑު ތަކުރުފާނުގެ ބޯ ކަނޑައިލަން އެންގުމުން ބޮޑު ތަކުރުފާނު ދެއްވި ރައްދު ކަމަށެވެ.
Advertisement
"އަޅުގަނޑަށް ވެސް އަސްލަމް އަރިހު ހަމަ ދެންނެވޭނީ، ވެދުންކޮށް ހެދޭއިރު އަޅުގަނޑުގެ މި ބޯ، ހުރުން ބޭނުމޭ އޭގެ ޝަހްސިއްޔަތެއް،" 
ނަޝީދު ފޮނުއްވި މެސެޖުގައިވެއެވެ.
ނަޝީދު ވަކިކުރަން ހުށަހަޅާފައި ވާއިރު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް، އެމަނިކުފާނަށް ވަފާތެރި މެންބަރުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ