ކުރިއަށް އޮތް ފަސް ދުވަހުވެސް މޫސުން ގޯސް؛ ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ: މެޓް

ކުރިއަށް އޮތް ފަސް ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން، މާދަމާއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހުވެސް، މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން، ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާ، އަދި ކަނޑުގަދަވެ، ބައެއް ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ މި ބަންދުތެރޭގައި ދަތުރުކުރާއިރު މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ