އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެމްބަރު އިބްރާހިމް ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މެމްބަރު ފަލާހްގެ ކާރު ކޮޅު ހިފަހައްޓައި ފާސްކުރީ ހުކުރު މިސްކިތް ކައިރިންނެވެ. އަދި ފަލާހްގެ ކާރުން މަސްތުވާތަކެއްޗާއި އެކީ ތިން ބިދޭސީން ވަނީ ހައްޔަރު ކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިފަދަ މައްސަލައެއްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އަދި ނަމަވެސް ތަހުގީގް ކުރަމުން ދާތީ އިތުރު މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކާރަކީ ފަލާހްގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެކެވެ. އަދި ފުލުހުން މިމައްސަލައާއި ގުޅިގެން ފަލާހް އާއި ސުވާލް ކޮށްފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.
މިހާދިސާއާއި ބެހޭ އެއްވެސް މައުލޫމާތެއް ފަލާހް އަށް ނުލިބޭ ކަމަށް ބައެއް މީޑިއާތަކުގައި ފަލާހް ބުނެފައި ވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، އެ ކާރުގެ ތެރެއިން، އަތުލައިގަތީ ރަބަރު ޕެކެޓުތަކަކަށްލާފައިވާ މަސްތުވާ ތަކެއްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ