ރާއްޖެއިން މިއަދު 59 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 54 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެއިން ކަމަށާއި އަނެއް ފަސް މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިން ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 12 ބިދޭސީންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،157 އަށް އަރާފައެވެ. މީގެތެރެއިން 1166 މީހުންނަށް ފަރުވާ ދެމުން އަންނައިރު 82 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 103 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8950 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 34 މީހަކު ނިޔާވެފައެވެ.
މިއަދު 59 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 103 މީހަކު ބަލިން ރަނގަޅު ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ