ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް “އޮގްޒޮން ކެރިއަރ 2” ނަމަކަށްކިޔާ ދޯނީގައި މިއަދު މެންދުރު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ފަސް މީހުން ތިބި ނަމަވެސް، އެ އެންމެން ވަނީ ކައިރީގައި އޮތް އެހެން އުޅަނދަކަށް އަރައި ރައްކާތެރިކަން ހޯދާފައެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ފަޔަރ ސްޓޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:22 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން ދޯނީގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު މެންދުރުފަހު 14:45 ހާއިރުއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ދޯނީގެ އިންޖީނު ރޫމުގައި ކަމަށާއި، މި ހާދިސާގައި އިންޖީނު ރޫމަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ފީއަލީ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ މަތީ ފަންތީގެ ވަފުދެއް އެ ރަށަށް ސޮނެވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް، ބޮޑު ސަރަހައްދެއްގައި ވަނީ ރޯވެފައި ދޯދި ފްލެޓްތައް ކައިރީގައި އަލިފާނުގެ ބޮޑު ހާދ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ