ލަންކާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށް ހޯދައިދޭނަން: ރައީސް

އަވައްޓެރި ސްރީލަންކާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށް ހޯދައިދެއްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު މިއަދު އިއްވެވި ނޫސްބަޔާނުގައެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖްކުރުމާއި، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމުގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ. ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި މި މަޝްވަރާތަކަކީ ދޭދޭ ގުޅުންތަކާއި ސަރަޙައްދީ މަސްރަހުގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވުނު ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ