މަޖިލީހުން ހައްލެއް ހޯދަން ސުޕްރީމް ކޯޓަށް ހުށަހެޅި އިންތިހާބުގެ މައްސަލަ އީސީން ނަގައިފި

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަސް ކުރިމަތި ވުމާއި ގުޅިގެން ކުރިއަސް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުލުން މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭްވުމަށް އީސީން މީގެކުރިން ނިންމާފައި ވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިންތިހާބުގެ ވޯޓުލުން އަންނަ މަހުގެ18 ވަނަ ދުވަހަށް އީސީން ވަނީ ފަސްކޮށްފައެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުންނާއި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ފަސްކުރުމަށް އެދެމުންދާތީއާއި އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ގާނޫނުގައި ބުނާ މުއްދަތު ނުލިބޭތީ އިންތިހާބުގެ ވޯޓުލުން ފަސްކުރަން އެދި އީސީން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް މައްސަލަ ހައިކޯޓުން ނަގާ އަލުން އީސީން ވަނީ ހަމަ އެ މައްސަމަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. 
އިންތިހާބުގެ މައްސަލަ އީސީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ކޮމިޝަން ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ. 
މީގެއިތުރުން  މައްސަލަ އަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ގިނަ މެންބަރުންނަށް ފެނިވަޑައިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ ރޭ ކޮމިޓީ ބައްދަލުވުމެއް ބާއްވައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އެ ބައްދަލުވުމަށް ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
އެ މަޝްވަރާތަކަށް ފަހުގައި، އީސީން ބުނީ އިންތިހާބު ބާއްވާ ތާރީހު ފަސް ކުރުމަށް ޓަކައި މަޖިލީހުން ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީން ކަން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދީފައިވާތީވެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ރޭގެ ކޮމިޓީގައި އެ ގޮތަށް އަމަލު ކޮށްދިނުމަށް ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންނެވި އެވެ.
https://twitter.com/ElectionsMv/status/1240152579977461761
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިދިޔަ އާދިއްތަ ދުވަހު މައްސަލަ ހުށަހެޅުއްވުމަށްފަހު ވިދާޅުވި ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އެދިފައިވާނީ ކޮވިޑް19އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނު ސަބަބަކީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ހާލަތު ވެސް އަދި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވެސް އަންގާފައިވާތީ ކަމަށެވެ. އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަވެސް ކުއްލި ހާލަތުގެ މި މުއްދަތުގެ ތެރޭގައި މީހުން އެއްވެ، ގިނަ ކަންތައްތަކެއް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ