އިރުވައި މޫސުން ފެށުނީ ޑިސެމްބަރު 31 ގައި: މެޓް އޮފީސް

ދިވެހި ރާއްޖެއަށް މި އަހަރުގެ އިރުވައި މޫސުން ފެށިފައި ވަނީ ނިމުނު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައި ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވިގޮތުގައި ރާއްޖޭގައި އޮންނަ ދެ މޫސުންކުރެ އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތް ގަނޑަކަށް ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ ކޮންމެ އަހަރެއްގެ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވިދާޅުވެފަވެއެވެ.
އިރުވައި މޫސުން ފެށި އޭގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ދެ ވަނަ ނުވަތަ ތިން ވަނަ ހަފްތާގައި އުތުރުގެ އަތޮޅުތަކަށް ފަށާކަން ފާހަގަކުރައްވަމުން މެޓް އޮފީހުން ވިދާޅުވީ، މެދު ރާއްޖެ ތެރެއަށް އިރުވައި މޫސުމުގެ އަސަރު ފޯރަނީ އޭގެ ފަހުން ކަމަށެވެ.
މީގެ އިތުރުން މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެން ދަނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެފަވެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދިވެހި ރާއްޖެއަށް މި އަހަރުގެ އިރުވައި މޫސުން ފެށިފައި ވަނީ ނިމުނު ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އާންމުގޮތެއްގައި އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ މިއަހަރުގެ އިރުވައި މޫސުން ފެށުން ލަސްވިކަން އެ އިދާރާއިން ވަނީ ފާހަގަ ކުރަށްވާފައެވެ.
އިރުވައި މޫސުން ފެށުނުކަމަށް ބަލާ މިންގަނޑު
ވައި: ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައިޖެހުން، އަދި މިހާލަތުގައި ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިޔުން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ