ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި 5-1 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ހޯދިފައި ނުވާއިރު، އޭގެ ތެރެއިން ދެމެޗުން ބަލިވެ، އަނެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މަޔޯކާ އިން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، އެއްމެޗުން ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އެވެ.
Advertisement
މަޔޯކާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ވެޑާޓް މުރިކީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓީކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފްރެންކީ ޑި ޖޯން އަދި ޕައު ވިކްޓަރ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން މެޗުން ބާސެލޯނާއަށް 37 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ވަނީ 33 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ. އަދި މިމެޗުން ބަލިވި މަޔޯކާ އިން ލީގުގައި ކުޅުނު 16 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ.
ރަށުން ބޭރުގައި މަޔޯކާ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ