ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން އިތުރު ފުރުސަތެއް

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު އެއްވެސް އޮފިސަރަކު ހުށަނޭޅުއްވުމުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ފުރުސަތެއް ދީފި އެވެ.ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޮތީ މިއަދުގެ މެންދުރުފަހު 2:00 އަށެވެ. ނަމަވެސް އެއްވެސް މީހަކު އެ މަގާމަށް ކުރިމަތިލާފައި ނުވާތީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ވަނީ މި މަހުގެ 26 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް ރިޓަޔަކުރެއްވުމާ އެކު އެވެ. މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ. ކޮމިޝަނަރުގެ މަގާމު ހުސްވާ ހާލަތުގައި އެ މަގާމަށް ޑެޕިއުޓީ ސީޕީއަކަށް ހުންނަވާ ބޭފުޅަކު ވަގުތީ ގޮތުން އައްޔަންވާން ޖެހެ އެވެ. އެހެންވެ، މިހާރު އެ މަގާމުގައި ހުންނެވީ ފަރުހާދު އެކަންޏެވެ. މި ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކު ރިޓަޔަކުރެއްވި މިއީ ދެވަނަ ފަހަރެވެ. ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ