ހެނދުނުގެ ނާސްތާއަށާއި ހަވީރު ސަޔަށްވެސް މިލޭ؛ ހައްޓަަށް ފަސޭހަވެފައި ރަހަވެސް އެހާ މީރު!

މިހާރު އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން، ސިއްހަތަށް ގެއްލުންވާ އެތަކެއް ބާވަތެއްގެ ކާނާ އަހަރެމެންގެ އާއްމު ދިރިއުޅުމުގައި އާދަވެގެން ކައިބޮއި ހެދެއެވެ. ޚާއްސަކޮށް ހެނދުނު ނާސްތާއަކީ އަހަރެމެންނަށް އާއްމުކޮށް އެންމެ ފަރުވާ ކުޑަ ކޮށްލެވިފައިވާ އެއް ކެއުމެވެ. އެކަމުގެ ސަބަބުން ސިއްޙަތަށް ނޭދެވޭ އަސަރުތައް ކުރުމަކީ ވަރަށްވެސްގާތުގައި އޮތް ކަމެކެވެ.
ކަންމިހެން ހުރުމުން، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ހެނދުނުނާސްތާއަށް ފަރުވާތެރިވާންޖެހިފައިވާއިރު، އެކަން ނުކުރެވެނީ، ފަސޭހައިންތައްޔާރު ކުރެވޭ، ސިއްހަތަށް ފައިދާވާ ތަކެތި ލިބެން ނުހުންނާތީ ކަމަށްގިނަ ބަޔަކު ބުނެއެވެ.
އެހެންކަމުން، އެފަދަ ހުރިހާ ފަރާތަކަށް ހައްލެއް ހޯދައިދިން މިލޭ ބްރޭންޑްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަސައްކަތް ވަނީ ސަޙީޙް ކިޔާ ކުންފުންޔަކުން ފަށާފައެވެ. މި ގޮތުން އަހަރެމެންގެ ކާބަފައިންގެ ޒަމާނުގައި ރާއްޖޭގައި ކައިއުޅުނު ސިއްޙަތަށް ފައިދާހުރި ގޮދަންތައް ޒަމާނީ އަދި އަވަހަށް ތައްޔާރުކޮށްލެވޭ ގޮތަށް ބަންދުކޮށްގެނ މި ކުންފުނީގެ އިންސްޓަގްރާމް ޕޭޖުތައް shopsahih, @slurrpfarmmaldives އިންނާއި އެސްޓީއޯ ސުޕަމާކެޓު މެދުވެރިކޮށް މިހާރު ދަނީ ދިވެހީންނަށް ފޯރުކޮށްދެމުންނެވެ. މި ތަކެތީގެ ތަރެއިން ފާހަގަ ކޮށްލެވޭ ޕްރޮޑަކްޓް ތަކުގެ ތެރޭގައި ހިމެނެނީ މިލޭ ބުރޭންޑްގެ ޕޭންކޭކް އާއި ފްލޭކްސް އެެވެ.
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ފްލޭކްސް:ފޮޓޯ/ ސަޙީޙް
ޕޭންކޭކަކީ އާއްމުކޮށް ހެނދުނުގެ ނާސްތާއަށާއި ހަވީރު ސަޔަށްވެސް ކާލަން މީރު އެއްޗެކެވެ. އެހެންނަމަވެސް، ގްލޫޓަން ހިމެނޭ ބާވަތްތަކުން ޕޭން ކޭކު ތައްޔާރު ކޮށްފައި ހުންނާތީ އެ ނުކެވޭ މައްސަލަވެސް ބައެއް ފަރާތްތަކަށް ކުރިމަތިލާންޖެހެއެވެ. 
އެފަދަ ފަރާތްތަކަށާއި، އަދި ސިއްޙަތަށް ފައިދާ ހުރި ތަކެތި ކެއުމަށް އިސްކަންދޭ ފަރާތްތަކުގެ އިތުރުން މީރުކޮށް ޕޭންކޭކު ކާން ބޭނުންވާ ފަރާތްތަކަށްވެސް މިލޭ ޕޭންކޭކް މިކްސް އަކީ އެންމެ ރަނގަޅު ޗޮއިސް އެވެ.
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ޕޭން ކޭކު:ފޮޓޯ/ ސަޙީޙް
މިލޭ ޕޭންކޭކު މިކްސް އަކީ އޭގައި މައިދާ(އާދައިގެ ދެރަ ގޮދަން ފުއް), ޕްރިޒަވޭޓިވްސް އަދި ކެމިކަލްސް ނުހިމެނޭ، ރިފައިން ކުރެވިފައިވާ ހަކުރު ނުހިމެނޭ، އާޓިފިޝަލް ކުލަ ނުވަތަ ރަހަ ނުހިމަނައި ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. 
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ޕޭން ކޭކު :ފޮޓޯ/ ސަޙީޙް
އާންމު ޕޭންކޭކް މިކްސްތަކާ އަޅާބަލާއިރު މިލޭ ޕޭންކޭކު މިކްސް ތަކުގައި 2 ގުނަ ޕްރޮޓީން އަދި 3.5 ގުނަ ފައިބަރ އެކުލެވެއެވެ.
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ޕޭންކޭކު :ފޮޓޯ/ ސަޙީޙް
އަދި އާންމު ޕޭންކޭކް މިކްސްތަކާ އަޅާބަލާއިރު 50% މަދުން ހަކުރު އަދި 33% މަދުން ކާބޯހައިޑްރޭޓް މި މިކްސްގައި އެކުލެވޭއިރު، މިއީ ސޯގަމް، އޯޓްސް، އަމަރަންތު، ފޮކްސްޓެއިލް މިލެޓް، މުންގު ބީން ޕްރޮޓީން އަދި ފްލެކްސް ސީޑް ޕައުޑަރ ފަދަ ސުޕަރ ގްރެއިންތަކުން ފުރިފައިވާ މިކްސް އެކެވެ.
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ޕޭން ކޭކު:ފޮޓޯ/ ސަޙީޙް
މިލޭ ޕޭން ކޭކު މިކްސް އެކޭ އެއްގޮތަށް މިލޭ ބްރޭކްފާސްޓް ފްލޭކްސް އަކީވެސް އިތުރުކުރެވިފައިވާ ރަހައެއް، ކުލައެއް ނުވަތަ ޕްރިޒަވޭޓިވްއެއް ނުހިމަނައި ތައްޔާރު ކުރެވިފައިވާ ބާވަތެކެވެ.
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ފްލޭކްސް:ފޮޓޯ/ ސަޙީޙް
ގޮދަން/ޒުވާރި އިން ތައްޔާރު ކޮށްފައިވާ އެހެން ވައްތަރު ވައްތަރުގެ ފްލޭކްސްއާ އަޅާބަލާއިރު މިލީ ފްލޭކްސްގައި 2.9 ގުނަ ޕްރޮޓީނާއި 3.5 ގުނަ ފައިބަރު އެކުލެވެއެވެ.
އަދި މިފަދަ އެހެން ފްލޭކްސްއާ އަޅާބަލާއިރު 16% މަދުން ކާބޯހައިޑްރޭޓާއި 96% މަދުން ހަކުރު އެކުލެވެއެވެ. އެހެންކަމުން، މިއީޑައިޓް ކުރާ ފަރާތްތަކަށާއި، ހެލްތީ ލައިފްސްޓައިލެއް ޚިޔާރު ކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ ހެލްތީ ޗޮއިސް އެވެ.
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ފްލޭކްސް:ފޮޓޯ/ ސަޙީޙް
މިލެޓް (ބިންބި, ދޮނަޅަ, އުރާ, ބަކްވީޓް) ފަދަ ސުޕަރ ގްރެއިންތަކުންކާނާއިން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުކޮށްދެއެވެ. މިކަމުގެ ސަބަބުން އިތުރު ދުޅަހެޔޮކަމެއް، އިހްސާސްކުރެވި، ހަށިގަނޑަށް ލުއިކަން ގެނެސްދީ ހަކަތަ އިތުރުކޮށްދެއެވެ. އަދި ބަނޑު ފުރިފައި ގިނަ ވަގުތު ހުރެވޭއިރު، އޭގެ ސަބަބުން ބޭކާރު ސްނެކްސްތައް ކެއުމުންވެސް ދުރުހެލިކޮށްދެއެވެ.
މިލޭ ބްރޭންޑްގެ ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ފްލޭކްސް:ފޮޓޯ/ ސަޙީޙް
ހަމަ އެހެންމެ، މިއީ ގޮހޮރުގެ ދުޅަހެޔޮކަމަށާއި ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.
މިލެޓްސްއަކީ ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދޭ ގޮވާމުގެ ބާވަތްތަކެކެވެ. މިއީ މަދު ފެނުން ހެއްދޭ އަދި ކެމިކަލް ޕެސްޓިސައިޑާއި ފަރޓިލައިޒަރު ބޭނުންނުކޮށް ހެއްދޭ އެއްޗެއްވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ