ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 7 މީހަން ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލްޝާތީ ކޭމްޕުގައި ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ "ކަފްރް ޤާސިމް ސްކޫލަށް" އިސްރާއީލުން ހަމަލާދީ 7 މީހުން ޝަހީދުކޮށްލައިފިއެވެ.
މީޑިއާތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހަމަލާގެ ސަބަބުންވަނީ މީހުންގެ ހަށިގަނޑުތަށް ވަރަށްބިޑަށް  ފިހެފައެވެ.
އަދި މި ހަމަލާގައިވަނީ ޣައްޒާގެ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އެންޑް ހައުސިންގެ ޑިރެކްޓާ ޖެނެރަލް އިންޖިނިއާ މަޖީދު ސާލިހް ވެސް ޝަހީދުކޮށްލާފައެވެ.
Advertisement
މި މަހު 21 ވަނަދުވަހުގައި ޣައްޒާގެ ޒައިތޫން ސުކޫލަށް ދިން ހަމަލާގައި ވަނީ 22 މީހުން ޝަހީދުކޮށްލާފައެވެ.
މީގެ ތެރޭގައި 13 ކުޑަކުދިންނާއި 6 އަންހެނުން ހިމެނެއެވެ. އަދި 3 މަހުގެ ކުޑަކުއަޖަކާއި ދުނިޔެއްށް އުފަންނުވާ ކުއްޖެއްވެސް ހިމެނެއެވެ.
މިދިޔަ މަހުގައި ޣައްޒާގެ ތަބަޢީން ސުކޫލަށްދިން ނިތުބަވެރި ހަމަލާގައިވަނީ 100 އަށް ވުރެގިނަ މީހުން ޝަގީދުކޮށްލާފައެވެ 
މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް، 41،391 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.އަދި އެ ހަމަލާތަކުގައި 95،760 މީހުން ޒަހަމްކޮށްލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ