ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދުތައް ސިންދަފާތުކުރަން އެހީތެރިވުމަށް ރައީސް ގޮވާލައްވައިފި

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކުދި ޖަޒީރާ ދައުލަތްތަކުގެ އިގުތިސާދުތައް ސިންދަފާތުކޮށް އުފެއްދުންތެރިކަމުގެ އޮނިގަނޑު އިތުރަށް ފުޅާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިވުމަށް ގޮވައިލަ
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސާދުތައް ސިންދަފާތުކުރުމަށް ބައިނަަލްއަގުވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވަައިފި އެވެ. 
އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްގެންދިޔަ "ބިލްޑިން ޕްރޮޑަކްޓިވް ކެޕޭސިޓީން އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް"ގެ ބައްދަލުވުމުގައި ކީނޯޓު ސްޓޭޓުމެންޓު ދެއްވަމުން ރައީސް ވިދާޅުވީ ޝާމިލުވަނިވި ދިގު ރާސްތާއަށް ދެމިގެންދާ އިގުތިސާދީ ކުރިއެރުން އުފެއްދުމަށް އުފެއްދުންތެރިކަމާއި އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. 
އަދި އެކަަމުގައި ގެންގުޅޭ މަންތިގަކީ ވަރަށް ސާފު މަންތިގެއްކަމަަށާއި، އެއީ އުފެއްދުންތެރިކަން އިތުރުވި މިންވަރަކަށް ވަސީލަތްތައް ބޭނުންކުރެވޭ ގޮތް ރަނގަޅުވެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުވާނެކަން ކަމަށް ރައީސް ވިދާޅުވި އެވެ. 
އުފެއްދުންތެރިކަން އިތުރުކުރަން ބަލާއިރު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ދައުލަތްތަކަށް ތަފާތު ހާއްސަ ނިޒާމީ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ގަބޫލުކުރަންޖެހޭކަން ފާހަގަކުރައްވައި ސިޑްސްއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އިގުތިސާދުގެ އަސާސްތައް ހަނިވުމާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ބޮޑުވުމާއި، ޖިއޮގްރަފީގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް މިސާލުތަކެއްގެ ގޮތުގައި ރައީސް ވިދާޅުވެދެއްވި އެވެ. 
ފަތުރުވެރިކަމުގެ ސަބަބުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމަކަށް ރާއްޖެ ބަދަލުވެފައިވާކަަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަރަށް ގިނަ ކުދި ޖަޒީރާ ގައުމުތައް ފަދައިން ރާއްޖެވަނީ "މެދުފަންތީގެ އާމްދަނީގެ މަޅީގައި" ބެނދިފައި ކަމަށެވެ. 
މި ގޮންޖެހުމުން އަރައިގަތުމަށް އިގުތިސާދީ އޮނިގަނޑު ބަދަލުކޮށް، ސިންދަފާތުކޮށް، އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށް އެމަަނިކުފާނު ވިދާޅުވި އެވެ. ސިޑްސްއިން އެކުލަވައިލާފައިވާ ދިހަ އަހަަރުގެ އެކްޝަން ޕްރޮގުރާމަކީ ކުދި ޖަޒީރާ ދައުލަތްތަކުގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކޮށްދޭނެ ޕްލޭނެއް ކަމަށް ރައީސް ވިދާޅުވި އެވެ. 
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ އެޖެންޑާ ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ކުދި ޖަޒީރާ ދައުލަތްތަކުގެ އިގުތިސާދުތައް ސިންދަފާތުކޮށް އުފެއްދުންތެރިކަމުގެ އޮނިގަނޑު އިތުރަށް ފުޅާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިވުމަށް ގޮވައިލައްވާ ކަމަށެވެ. 
އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ޑީޖިޓަލް އިގުތިސާދު ތަރައްގީކުރުންކަން ފާހަގަަކުރައްވައި ރައީސް ވިދާޅުވީ ޑިޖިޓަލް އިކޮނޮމީއަކީ އައު އީޖާދުތަކަށާއި އިކޮނޮމީސް އޮފް ސްކޭލް ހާސިލުކުރުމަށާއި، ބައިނަލްއަގުވާމީ ބާޒާރާ ލާމެހުމަށް އޮތް ފުރުސަތެއް ކަމަށެވެ. 
ރާއްޖޭގައި އެމަނިކުފާނުގެ ސަރުކާރު އޮތީ ބައިނަލްއަގުވާމީ ޕޭމެންޓް ގޭޓްވޭތަކަަށް ވަނުމުގެ ފުރުސަތު ހޯދައިގެން ރާއްޖެ ދުނިޔޭގެ ބާޒާރާ ލާމެހުމަށް ތައްޔާރުވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޑިޖިޓަލް އިގުތިސާދުގެ ފުރިހަމަ މަންފާ ހޯދުމަށް ހުނަރުވެރިކަން ތަރައްގީކުރުމުގެ ޕްރޮގުރާމުތަކަށް ވަރަށް ބޮޑަށް އިންވެސްޓުކުރަމުންދާކަމަށްވެސް ވިދާޅުވި އެވެ. 
ދިވެހި ޒުވާނުންނަށް ބޭނުންވާ ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދީގެން 2.25 ޓްރިލިއަން ޑޮލަރުގައި އަގުކުރެވޭ ދުނިޔޭގެ ކްރިއޭޓިވް އިގުތިސާދަށް ވަދެވޭނެ މަގާމަކަަށް ދިވެހިރާއްޖެ ގެންދެވުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އީ-ކޮމާސް އާއި ޑިޖިޓަލް މަންސަތައް ތައާރަފުވަމުންދާ ދިއުމުގެ ފައިދާ ނެގުމަށް ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. 
ދެވަނަކަމަކަށް ރައީސް ފާހަގަކުރެއްވީ އުމްރާނީ ވަސީލަތްތަކުގެ ވިލުންތެރިކަމުގެ މުހިއްމު ކަމެވެ. ރާާއްޖެއިން މުހިއްމު އެކި ދާއިރާތަކުން ރާއްޖޭގެ އުމްރާާނީ ވަސީލަތްތައް ތަރައްގީކުރަމުންދާކަން އެމަނިކުފާނު ފާަހަގަކުރެއްވި އެވެ.
"ރާއްޖެއިން މިދަނީ މުވާސަލާތާތައި، ހަކަތައާއި ޑިޖިޓަލް ލާމެހުން ހިމެނޭހެން މުހިއްމު ދާއިރާތަކުގެ އުމްރާނީ ވަސީލަތްތައް އަދާހަމަކުރަމުން. އެއީ ދުނިޔޭގެ ސަޕްލަައި ޗެއިންތަކަށް ވަނުމަށާއި އަައު އިންވެސްޓުމެންޓުތައް ގެނައުމަށް،" ރައީސް ވިދާޅުވި އެވެ. 
މިހާރު ގާތްގަނޑަކަަށް ހުރިހާ ދިވެހިންނަށް ހަލުއި ދުވެލީގެ އިންޓަނެޓު ލިބޭނެކަމަަށާއި، އެކަަމުގެ ސަބަބުން ވިޔަފާރީގެ ރޫހަށް ހިތްވަރުދޭ ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކޮށްދީ އުފެއްދުންތެރިކަން އިތުރުކޮށްދޭ ޑިޖިޓަލް މާހައުލެއް ގާއިމުވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭއައި އާއި 5-ޖީ ފަދަަ ޓެކްނޮލޮޖީތައް ދައުލަތުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ