ދޭރް އަލް ބަލާ- ޣައްޒާ؛ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އަހަރެއްވީއެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ވޭނީ ކެކުޅުމުގެ އެތައް ވާހަކައަކާއި، ތަސްވީރާއި، ވީޑިއޯތައް މުޅި ދުނިޔެއަށް ހާމަވެގެންދިޔައިރު ވެސް، އިޒްރޭލުގެ އަނިޔާވެރިކަމެއް މުޅި ދުނިޔެއަކަށް ވެސް ނުހުއްޓުވުނެވެ.
ޣައްޒާގެ މެދުތެރޭގައި އެމްބިއުލާންސަށް ޝަހީދުންނާއި، ޒަޚަމްވާ މީހުން އަރުވައިގެން، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މާތް މަސައްކަތުގައި އުޅޭ މީހަކަށް ސިހުން ލިބުނީ، އެމްބިއުލާންސަށް އެރުވި މީހަކީ އޭނާގެ ލޯބިވާ މަންމަކަން އެނގުމުންނެވެ.
ސްޓްރެޗަރ އަކަށް ލައިގެން، އެމްބިއުލާންސަށް އެރުވި ހަށިގަނޑެއްގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ހިއްލައިލެވުމާއެކު އޭނާ އަށް ލިބުނީ ފުން ހިތާމައެކެވެ. ފެނުނީ އޭނާ ދެކެ ނުހަނު ލޯބިވާ، އެފަދަ ދެވަނައެއް ނެތް، މަންމަގެ ފުރާނަ ނެތް މަސްގަނޑެވެ. ހިތަށް އަސަރު ނުކުރާނެތޯއެވެ؟
”އަހަރެން ހުވާކޮށްފަ ބުނަން، އެއީ އަހަރެންގެ މަންމަ. އެކަމަކު (ފުރަތަމަ) އެއީ މަންމަކަން ވެސް އަހަރެންނަށް ނޭނގުނު.“ އާބިދު ބަރްދިނީ ގިސްލަމުން ބުންޏެވެ. އޭނާ އެހެން ބުނީ، މަންމަ ސަމީރާގެ ފުރާނަ ނެތް ހަށިގަނޑު ގަޔާ ކައިރިކޮށްލަމުންނެވެ. އޭރު އޭނާ ވަށައިގެން ތިބި މީހުން މަސައްކަތް ކުރަމުން ދިޔައީ، އާބިދުގެ ހިތާމައަށް ލުޔެއް ހޯދައިދެވޭތޯއެވެ. އޭނާ އަށް އިއްވަމުން ދިޔައީ ހިތްވަރު ދިނުމުގެ ބަސްތަކެކެވެ.
އުމުރުން 61 އަހަރުގެ ސަމީރާ މަރުވީ އިޒްރޭލުން ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި ތިން މީހަކު މަރުވިއިރު، 10 މީހަކު ޒަޚަމްވިއެވެ.
އެމްބިއުލާންސަށް އެރުވުނީ ލޯބިވާ މަންމަގެ ހަށިގަނޑު ކަމެއް ނޭނގުނު، ލިބުނީ ސިހުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ