ފިހާރައަކަށް ވަން އަންހެނެކެވެ. އެނބުރިއެނބުރިފައި ކުކުޅުބިހެއް ނަގައި ޖީބަށް ލައިގެން އަގުނުދީ ނުކުންނަން ހިނގައިގަތްތަނުން ޢުމުރުން ދުވަސްވީ ދެމަފިރިއަކަށް އެތަން ފެނި، އޭނާ ހުއްޓުވައި އެއްފަރާތަކަށް ގެންގޮސް ސުވާލުކުރިއެވެ. "އެންމެ ބިހެއް ތިއަގޮތަށް ސިއްރުން ގެންދިއުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"
އަންހެން މީހާއަށް ރޮވުނެވެ. ލޮލުން ކަރުނަ ފުހެލާފައި ބުންޏެވެ. "އަހުރެންގެ ކުޑަކުޑަ 3 ކުދިން އެބަތިއްބެވެ. އިއްޔެ މެންދުރުންސުރެ އެކުދިން ތިބީ އެއްވެސް އެއްޗެއް ނުކައެވެ. އެކަން ކުރެވުނީ ވައްކަންކުރަން ބޭނުންވެގެނެއް ނޫނެވެ. ޙާލަތު މަޖުބޫރުކުރުވައިގެންނެވެ. ބިސް ގެންގޮސް ސޫޕެއް ހަދާލާފައި 3 ކުދިންނަށް ބޯންދިނުމުގެ ބޭނުމުގައެވެ. ކުދިންގެ ބައްޕަ އެންމެ ރުފިޔާއެއްވެސް ނުދެއެވެ. އެއް ކުއްޖަކީ ބަލިކުއްޖެކެވެ. އެހެންވެ ވަޒިފާއަކަށް ދެވޭނެ ގޮތެއް ނެތުމުން 3 ކުދިން ގޮވައިގެން ދިރިއުޅެމުން މިއަންނަނީ ވަރަށް ދަތިޙާލުގައެވެ. ނިޔަތުގައި އޮތީ ލާރިއެއް ލިބުމުން އައިސް އަގުދެއްކުމަށެވެ. އަހުރެން ފަޟީޙަތް ނުކުރުން އެދި އާދޭސްކުރަމެވެ."
އެދެމަފިރިން ބޮޑު ދެ ބާސްކެޓް ނަގައި ފުރެންދެން ކާބޯތަކެތި ނަގައި އަގުދައްކައި އޭނާއަށް ހަދިޔާކުރިއެވެ. ބިސްޓްރޭއެއްވެސް ގަނެދިނެވެ. އަދި އެ 4 މައިންނަށް އަދިވެސް އެހީތެރިވެދޭނެ ކަމަށްވެސް ބުންޏެވެ.
އެންމެ ކުކުޅުބިހެއް ނަމަވެސް އަދި ކިތަންމެ ކުޑަކުޑަ އެއްޗެއް ނަމަވެސް ވަގަށް ނަގަން ހިތްވަރެއް ނުދެމެވެ. އެކަންވެސް ވާނީ ހަމަ ވައްކަމަކަށެވެ. ފާހަގަކުރަން ބޭނުންވަނީ އެންމެ ކަމެކެވެ. އެ 3 ކުދިންގެވެސް ބައްޕައަކު ހުންނާނެތާއެވެ. އެގޮތަށް އަޅާނުލައި ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުންނަންޖެހޭ ވަގުތު ދަންނަވާނީވެސް ކީކޭހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ނިކަމެތި ޙާލުގައި ދުނިޔޭގައި އުޅެމުން އަންނަ ކުދިންގެ ޢަދަދަށް ވިސްނައިލާށެވެ! ތިމާގެ ސަބަބުން ދަރިއަކަށް މިފަދަ ނިކަމެތި ޙާލު ނުޖައްސަން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
3 ކުދިން ނުކައި ތިބޭތާ 1 ދުވަސްވުމުން ކާންދޭން އެންމެ ކުކުޅުބިހެއް ސިއްރުން ނެގި މަންމައެއްގެ ވާހަކަ- އަސަރުން ފުރިފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ